އެކަނިވެރިވެ ހިތާމަތަކާއި ކުރިމަތިލާން ޖެހޭ ވަގުތުތަކުގައި އަޅާލާނެ މީހަކު ވޭބާ އެންމެގާތް ރަޙުމަތްތެރިޔާ ގިނަފަހަރަށް އިތުބާރު ނަގާލައެވެ އެކަނިވެރިވާ ވަގުތު ގާތް ތިމާގެމީހުން ވެސް ގިނަފަހަރަށް އެހީއެއް ނުވެއެވެ އެކަނިމާއެކަނި ހިތާމަތަކާ ކުރިމަތިލާން ޖެހެއެވެ އަޅާލާނެ މީހަކު ވޭބާ އިތުބާރު ނަގާނުލާނެ ތިމާގެ ހިތާމަތަކުގައި ބައިވެރިވާނެ ދުވަހަކުވެސް ބަދަލުނުވާނެ ހެޔޮއެދޭނެ ރަށްޓެއްސަކަށް ނޭދެނީ ކާކުހެވެ މިއެދުން އަހަރުމެންނަށް ފުރިހަމަ ކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެއެވެ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ކަންތައްތަކުގައި ވިސްނާ ފިކުރު ކުރަންޖެހެއެވެ އެހެންކަމުން އަނެކަކުގެ ހިތާމަތަކެއް ރަނގަޅަކަށް ނުވިސްނެއެވެ ނަމަވެސް މާތްރަސްކަލާނގެ އީ އަހަރުމެން ހެއްދެވި ރަސްކަލާނގެއެވެ އަދި އަހަރުމެންގެ ހިތުގެއަޑި އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ ވެސް އެކަލާނގެއެވެ އެކަލާނގެ އެދިވޮޑިގެންވަނީ އަހަރުމެން އަބަދުވެސް އެކަލާނގެ އާއި ގާތުގައި ވުމެވެ އަހަރުމެންނަށް އެކަލާނގެ އާއި މިފަދައިން ގާތްވެވޭނީ އަހަރުމެންގެ ހިތް ސާފުކޮށްގެންނެވެ އަހަރުމެންގެ ފާފަތަކަށް ހިތުގެއަޑިން މަޢާފު އެދި ތައުބާވެގެންނެވެ ދެމީހަކު ވެސް ގާތް ދެރަށްޓެހިން ކަމުގައި ވާނަމަ އެކަކުއަނެކަކަށް ކަންތައްތައް ފޮރުވަނީނަމަ ގާތް ރަށްޓެހިކަމެއް ނުބޭއްވޭނެއެވެ އެހެންވީއިރު މާތްރަސްކަލާނގެ އާއި އަހަރުމެންނާއި ދެމެދުގައި ގާތްގުޅުމެއް ބޭއްވޭނީ އަހަރުމެންގެ ހުރިހާ ފާފައަކަށް އިޢުތިރާފުވެ މަޢާފަށް އެދުމަށް ފަހުކަން ޔަޤީނެވެ މި ކުޑަ ފޮތުގައި ބަޔާންވެގެން މިވަނީ އެކަނިވެރިވެ ހިތާމައާ ކުރިމަތިލާންޖެހުނު ވަގުތުތަކުގައި ދާއޫދުގެފާނުން ކުރެއްވި ދުޢާފުޅެކެވެ އެކަލޭގެފާނަށް ވަރަށްގިނަ ހިތާމަތަކާއި އުނދަގޫތައް ކުރިމަތިވިއެވެ މިއީ އަހަރުމެންގެ ވެސް ހިތުގެ ދުޢާކަމަށް ހަދަމާ ހިނގާށެވެ އެކަލާނގެ ދާއޫދުގެފާނަށް އައްސަވާ ވޮޑިގެންވީ ފަދައިން އަހަރުމެންގެ ދުޢާވެސް އައްސަވާ ވޮޑިގެންވާކަން ޔަޤީނެވެ hello dear friend

from Robert