މާތްރަސްކަލާކޯއެވެ އިބަސުވާމީންގެ މިއަޅާގެ ހިތުގެ އަޑި ދެނެވޮޑިގެންވެއެވެ އަދި މިއަޅާގެ ހުރިހާ ކަމެއް ވެސް ފުރިހަމައަށް ދެނެވޮޑިގެންވެއެވެ މިއަޅާ އިށީދެ ތެދުވާ ހިނދު އިބަސުވާމީންގެ ދެނެވޮޑިގެންވެއެވެ މިއަޅާގެ ހިޔާލުތައްވެސް އިބަސުވާމީންގެ ދެނެވޮޑިގެންވެއެވެ މިއަޅާ ކުރާ ހުރިހާ ކަމެއްގެ މަޤުސަދަކީ ކޮބާކަން ވެސް އިބަސުވާމީންގެ ދެނެވޮޑިގެންވެއެވެ މިއަޅާގެ ހުރިހާ އާދަތަކަކީވެސް އިބަސުވާމީންގެ ދެނެވޮޑިގެންވާ ކަންތައްތަކެވެ މިއަޅާގެ ދުލުން ބަސް ބޭރުވުމުގެ ކުރިން މިއަޅާ ބުނަން ބޭނުންވާ އެއްޗެއް އިބަސުވާމީންގެ ދެނެވޮޑިގެންވެއެވެ ހުރިހާ ފަރާތަކުން ވެސް އިބަސުވާމީންގެ މިއަޅާ ދެކެވޮޑިގެންވެއެވެ އިބަސުވާމީންގެ އަތްޕުޅު މިއަޅާގެ ދިރިއުޅުމުގައި ވެއެވެ އިބަސުވާމީންގެ ދެނެވޮޑިގެންވާ މިންވަރު އިހުސާސް ކުރުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަ ވެގެންވާނެ ކަމެއް ނޫނެވެ އިބަސުވާމީންގެ ވިސްނުން ފުޅުގެ މަތިވެރި ކަމާއި އެގި ވޮޑިގަތުމުގެ މަތިވެރިކަމަކީ މިއަޅާއަށް ހީކުރަންވެސް ދަތިކަންތަކެވެ އިބަސުވާމީންގެ ކިބަފުޅަށް ފިލުމަށް މިއަޅާއަށް ދެވޭނީ ކޮންތާކަށް ހެއްޔެވެ އިބަސުވާމީންގެ ހަޒުރަތާއި ދުރުވުމަށް މިއަޅާއަށް ދުވެދެވޭނީ ކޮންހިސާބަކަށް ހެއްޔެވެ މިއަޅާ އެންމެ ފުންތަނުގެ އެންމެ ފުންމިނަށް ދިޔަޔަސް އެތަނުގައި ވެސް އިބަސުވާމީންގެ ވާނެއެވެ އަނދިރިކަން ވެސް އިބަސުވާމީންގެ ކިބަފުޅަކަށް ހުރަހަކަށް ނުވެއެވެ މިއަޅާ އަނދިރީގެ ތެރޭގައި ވީނަމަވެސް އިބަސުވާމީންގެ ދުވާލުގެ އަލިކަމުގައި މިއަޅާ ވާ ފަދައިން ދެކިވޮޑިގެންވާނެއެވެ އިބަސުވާމީންގެއީ މިއަޅާގެ ހިތުގެ އަޑީގެ އެންމެ ފުންމިނަށް ދަންދެން ވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ އިބަސުވާމީންގެއީ މިއަޅާގެ މަންމަގެ ބަނޑުގައި މިއަޅާ ފުރާނަ އަޅުއްވާ އުފެއްދެވި ކަލާނގެއެވެ މިއަޅާ އިބަސުވާމީންގެއަށް ޙަމްދުކުރަމެވެ އިބަސުވާމީންގެ މިއަޅާ ހެއްދެވީ އަޖައިބު ކުރުވަނިވިހާ ފުރިހަމަކޮށެވެ އިބަސުވާމީންގެ އީ މުޣުޖިޒާތްތައް މެދުވެރިކޮށް ކަންތައްތައް ކުރައްވާ ކަލާނގެ ކަން މިއަޅާ ޝައްކެއްނެތި ޤަބޫލުކުރަމެވެ މިއަޅާގެ ހަށިގަނޑު އުފެދެމުން ދިޔައިރު ވެސް އިބަސުވާމީންގެ މިއަޅާ ދެކިވޮޑިގެންވިއެވެ މިއަޅާގެ ސިފައެއް ނެތް ހަށިގަނޑު އިބަސުވާމީންގެ ދެކެ ވޮޑިގެންވިއެވެ މިއަޅާ މިދުނިޔެއަށް ފުރަތަމަ އައި ދުވަސް ފެށުމުގެ ކުރިން އިބަސުވާމީންގެ ވަނީ މިއަޅާގެ ދިރިއުޅުން ރާއްވަވާ ނިންމަވާފައެވެ މާތްރަސްކަލާކޯއެވެ އިބަސުވާމީންގެ ރޭވުންފުޅު ތަކާ ހިޔާލުފުޅު ތަކަކީ މިއަޅާއަށް ވަރަށް އަގުހުރި އެއްޗިއްސެވެ އިބަސުވާމީންގެ ހިޔާލުފުޅު ތަކާއި ރޭއްވެވުންފުޅުގެ ކޮޅެއްނެތެވެ އެކަންތައްތައް ގުނުމަށް ދުނިޔޭގެ ބިމުގައިވާ ހުރިހާ ވެލިފުށްތައް ވެސް މަދެވެ އިބަސުވާމީންގެ މަތިވެރިކަން ވާ މިންވަރު ދެނެގަތުމަށް ވިސްނުމުގެ ވަރުބަލިކަމުގައި މިއަޅާ ވަރުބަލިވެ ނިދުނަސް މިއަޅާއަށް ހޭލެވޭއިރު އަދިވެސް އެމަތިވެރިކަން މިއަޅާގެ ހަތަރުފަރާތުގައި ވޮޑިގެންވެއެވެ މާތްރަސްކަލާކޯއެވެ މިއަޅާ ތަހްޤީޤު ކުރައްވާފާނދޭވެ މިއަޅާގެ ހިތުގެ އެދުންތައް ރަނގަޅަށް ބައްލަވާފާނދޭވެ މިއަޅާގެ ހިޔާލުތަކާއި ބޭނުންތަކުގެ ރަނގަޅާއިނުބައި ބައްލަވާފާނދޭވެ މިއަޅާގެ ހިތާއި ވިސްނުމުގައިވާ އިބަސުވާމީންގެ ނުރުހޭ ހުރިހާ ސިފަތަކެއް މިއަޅާއަށް ހާމަކޮށް ދެއްވާފާނދޭވެ އޭރުން މިއަޅާ އެކަންތައްތަކުން ދުރުވާނަމެވެ އަދި އިބަސުވާމީންގެ ނިމުމެއްނުވާ ތެދުމަގުގައި މިއަޅާ ލައްވާފާނދޭވެ hello dear friend

from Robert