ނަމަވެސް އެކަލާނގެ އިންސާނުންނަށް އެއްކަމެއް މަނާކުރައްވާ މިފަދައިން ވަޙީ ކުރެއްވިއެވެ މިބަގީޗާގައި މިވާ ހުރިހާ ގަހެއްގައި އަޅާ އެއްޗިހިން ކެއުމަށް ކަލޭމެންނަށް ހުއްދައެވެ އެކަމަކު ނުބައާއި ރަނގަޅު ވަކިކުރުމުގެ ޙިކުމަތް ލިބޭ ގަހުގެ މޭވާ ނުކައްޗެވެ އެއީ އެގަހުގެ މޭވާ ކައިފިނަމަ ހަމަޔަޤީނުން ވެސް ކަލޭމެން މަރުވާނެތީއެވެ ނަމަވެސް ޝައިޠާނާ ހަރުފައެއްގެ ސިފަާގައި އެބަގީޗާއަށް އައެވެ އެއްދުވަހަކު ހަރުފައަކު އަންހެނާއަށް ބުންޏެވެ މިބަގީޗާގެ އެއްވެސް ގަހަކުން މޭވާ ނުކެއުމަށް މާތްރަސްކަލާނގެ މަނާކުރެއްވިކަން ކަލެއަށް ހަމަޔަޤީންހެވެ އަންހެންމީހާ އެހަރުފައަށް ބުންޏެވެ އެކަލާނގެ މިބަގީޗާގެ ހުރިހާ ގަހަކުން ވެސް މޭވާ ކެއުމަށް އަހަރުމެންނަށް ހުއްދަދެއްވިއެވެ އެކަލާނގެ މަނާކުރެއްވީ ހަމައެކަނި އެންމެ ގަހަކުން މޭވާ މާތްރަސްކަލާނގެ އިންސާނުން ހެއްދެވީ ފުރިހަމަކޮށް ނަމަވެސް އަހަރުމެން އެކަލާނގެއަށް ނުކިޔަމަންވުމުގެ ސަބަބުން އަހަރުމެންގެ މިޒާޖުގައިވާ އެކަލާނގެ ސިފަފުޅުތައް އުނިވަމުން ދެއެވެ ފެށުމުގައި މާތްރަސްކަލާނގެ ދުނިޔޭގައި އިންސާނުނަށްޓަކާ ބަގީޗާއެއް ހެއްދެވިއެވެ އަދި މީރު މޭވާއާއި ފައިދާ ލިބޭނެ ގަސްތައް އެބަގީޗާގައި ލެއްވެވިއެވެ ފެންއާރުތަކާއި އޮއިދެމޭ ކޯރުތައް އެބަގީޗާގައި ލެއްވެވިއެވެ އެކަލާނގެ އިންސާނުން ފާފައެއްނުވާ ފުރިހަމަ ގޮތުގައި ހެއްދެވިއެވެ އެކަލާނގެ އިންސާނުން އެބަގީޗާގައި ލައްވާފައި އެބަގީޗާގެ ވެރިކަން އިންސާނުންނަށް ދެއްވިއެވެ ނުކެއުމަށެވެ އެއީ އެގަހުގައި އަހަރުމެން އަތްލިޔަސް އަހަރުމެން މަރުވާނެތީއެވެ ޝައިޠާނާ ހަރުފައިގެ ސިފައިގައި އޮވެ އަންހެނާއަށް ބުންޏެވެ އެއީ ދޮގެކެވެ ހަމަޤައިމު ވެސް ކަލޭމެން މަރެއްނުވާނެއެވެ އެކަލާނގެ އެފަދައިން އަމުރުކުރެއްވީ އެގަހުން މޭވާ ކެއުމުން ކަލޭމެންގެ ލޯހުޅުވި ކަލޭމެންނަށް ވެސް އެކަލާނގެއާއި އެއްފަދައިން ރަނގަޅާއި ނުބައި އެނގި އެކަލާނގެއާއި އެއްވަރުވާނެތީއެވެ އެމީހުން އެގަހުގެ މޭވާއަށް ބަލާފަ އެއީ ކެއުމަށް ކަމުދާ ފެންނަ ފެނުމަށް ނުލާހިކު ރީތި އަދި އެކެއުމުން ހިކުމަތްތެރިކަން ލިބޭނެ އެއްޗެއްކަން އެނގުމުން އެމޭވާ ވަރަށްކާހިތްވިއެވެ ދެން އެމީހުން އެގަހުން މޭވާ ބިނދެގެން ކެޔެވެ އެމީހުން އެކަލާނގެއަށް ނުކިޔަމަންތެރިވެ އެކަލާނގެ މަނާ ކުރެއްވި ކަންތައް ކުރިއެވެ އެމީހުންގެ ޢަދާވަތްތެރިޔާ ޝައިޠާނާގެ ބަހަށް ހެއްލި އެމީހުން ދެކެ ލޯބިވެވޮޑިގެންވާ އެމީހުން ހެއްދެވި ކަލާނގެއަށް ނުކިޔަމަންތެރިވިއެވެ އަދި މުޅި އިންސާނީ ދަރިކޮޅާ އެކަލާނގެއާ ދެމެދުގައި އޮންނާންވީ ގާތްގުޅުން ނެތިގެން ދިޔައެވެ އަދި މަރު އިންސާނީ ދަރިކޮޅަށް ފެތުރުނެވެ ނަމަވެސް މާތްރަސްކަލާނގެ އިންސާނުން ނައްތައެއް ނުލެއްވިއެވެ އެކަލާނގެ އެމީހުންނަށް މި ގުޅުން އިހުއޮތް ގޮތަށް ބޭއްވުމަށް އަނެއްކާވެސް އެހެން ފުރުސަތެއް ދެއްވިއެވެ މިފަހަރު މިކަން ވަނީ އަހަރުމެންގެ ކިބައަށް ދޫކޮށް ލައްވާފައެވެ އަހަރުމެން އެދެނީ ނަމަ އެކަލާނގެއާއި އަހަރުމެންނާއި ދެމެދު އެއްވެސް ހުރަހެއްނެތި ގާތްގުޅުމެއް ބޭއްވިދާނެއެވެ އެދޭތެރެއަށް ހަމައެކަނި ހުރަހަކަށް ވާނީ އަހަރުމެންގެ ނުކިޔަމަންތެރިކަމާއި ފާފައެވެ އަހަރުމެން މިކުރާ ފާފައިގެ ސަބަބުން އަހަރުމެން ހުރިހާ އިންސާނުން މިވަނީ ނުތޯހިރު ވެފައެވެ ނަމަވެސް ޚޮދް އެކަލާނގެ މިދުނިޔެއަށް އަހަރުމެންގެ ކައިރިއަށް ވަޑައިގަތެވެ އަދި އަހަރުމެންގެ ފާފަ ފުއްސެވުމަށްޓަކާ ކުރަންވީ ޤުރުބާން ކަމުގައިވިއެވެ އަހަރުމެންގެ ވެރިރަސްކަލާނގެ މިދުނިޔެއަށް އަހަރުމެންގެ ކައިރިއަށް ވަޑައިގަތުމުން ވެސް އަހަރުމެން އިންސާނުން ނުކިޔަމަންތެރިވިއެވެ މާތްރަސްކަލާނގެ މިދުނިޔެއަށް އިންސާނަކު ފަދައިން ވަޑައިގަތެވެ އެކަލާނގެ ހެއްދެވި ދުނިޔެއަށް އެކަލާނގެ ހެއްދެވި އިންސާނުންގެ ކައިރިއަށް ވަޑައިގެންނެވިއެވެ ޢީސާއަލްމަސީހު އީ މާތްރަސްކަލާނގެ އިންސާނަކު ފަދައިން މިދުނިޔެއަށް ވަޑައިގެއްނެވި ސިފަފުޅެވެ އަހަރުމެންގެ ފާފައިގެ ސަބަބުން މާތްރަސްކަލާނގެއާއި އަހަރުމެންނާއި ދެމެދުގައި މިވާ ހުރަސް ގާތްކޮށްދޭނެ ފާލަމަކީ ޢީސާއަލްމަސީހުއެވެ މާތްރަސްކަލާނގެ އެކަލާނގެ ހެއްދެވި އިންސާނުން ނެތިގެން ދިއުމަކަށް އެދިވޮޑިގެނެއް ނުވެއެވެ އެހެންކަމުން އިންސާނުންނަށް ދެވަނަ ފުރުސަތެއް ދެއްވުމަށްޓަކާ އެކަލާނގެ އަހަރުމެން ފަދަ އިންސާނެއްގެ ސިފައިގައި މިދުނިޔެއަށް ވަޑައިގެންނެވިއެވެ މާތްރަސްކަލާނގެ ޢީސާގެފާނު ފަދައިން މިދުނިޔެއަށް ވަޑައިގެންނެވީ އަހަރުމެން ކުށްވެރި ކުރައްވާކަށް ނޫނެވެ ނަމަވެސް އަހަރުމެން ދިންނަވާ ސަލާމަތް ކުރެއްވުމަށެވެ އަހަރުމެންނަށް ނިމުމެއްނުވާ ދުނިޔެ ދެއްވުމަށެވެ މާތްރަސްކަލާނގެ މިދެއްވި ދެވަނަ ފުރުސަތުގެ ބޭނުންކޮށް އަހަރުމެންގެ ފާފައިން ސަލާމަތްވެ އެކަލާނގެއާއި އަހަރުމެންނާއި ދެމެދުގައި މިވާ ދުރުމިން ނައްތާލަމަާ ހިނގާށެވެ އަދި އެކަލާނގެ ދެއްވާނިމުމެއްނެތްދުނިޔެ ދެއްވުމަށްއެދިއެކަލާނގެ ކިބަފުޅަށް ދުޢާކުރަމާ ހިނގާށެވެ hello dear friend

from Robert