ދެން މާތްރަސްކަލާނގެ ފިރިހެނާ ފުން ނިންޖަކުން ނިންދަވާ އަދި އޭނާގެ އަރިކަށިން ކަށިގަނޑެއް ނަންގަވާ އެކަށިގަނޑުން އަންހެނަކު ހައްދަވާ އޭނާ ފިރިހެނާގެ ކައިރިޔަށް ގެންދެވިއެވެ ފިރިހެނާއަށް ހޭލެވި އެއަންހެނާ ފެނުމުން ބުންޏެވެ މިއީ އަހަރެންގެ ކަށީގެ ކަށްޓެވެ އަހަރެންގެ މަހުގެ މަހެވެ އެހެންކަމުން ކޮންމެ ފިރިހެނަކު ވެސް އެމީހާގެ މައިންބަފައިން ދޫކޮށް އޭނާގެ އަނބިމީހާ އާއި ގުޅެން ޖެހޭނެއެވެ އަދި އޭރުން އެދެމީހުންނަކީ އެއްހަށިގަނޑެއް ކަމުގައި ވާނެއެވެ ފިރިމީހާއަށާއި އަނބިމީހާއަށްވެސް އެންމެމުހިންމު މީހަކަށް ވާންވާނީ އެކަކު އަނެކަކު ދެމީހުންގެ ދިރިއުޅުމުގައި ވެސް ފުރަތަމަ ވަފާތެރިވާން ޖެހޭނީ އެކަކު އަނެކަކަށޭ އަސްލު ލޯބި ލޯތްބާއި ތެދުވެރިކަން ކަލޭގެ ކިބައިން ދުވަހަކުވެސް ވަކިވެގެން ދިޔަނުދޭށެވެ މި ދެކަންތައް ކަރުގައި ފަށެއްފަދައިން އަޅާށޭ އަދި ހިތުގައި ލިޔެ ބިންވަޅު ނަގާށެވެ ލޯތްބާއި ތެދުވެރިކަން އެމީހެއްގެ ކިބައިގައިވާ މީހަކަށް ގަދަރާއި މަތިވެރިކަން މީހުންގެ ފަރާތުންނާއި އަދި މާތްރަސްކަލާނގެ ކިބަފުޅުންވެސް ލިބޭނެއެވެ

hello dear friend

from Robert