ކަލޭމެންގެ މައިންބަފައިންނަށް ކަމޭހިތާ އިހުތިރާމް ކުރާށެވެ ލޯބިއެއީ އަމިއްލައެދުން ކަލޭމެން ކަލޭމެންގެ ދަރިން ދެކެ ލޯބިވަނީ ނަމަ އެމީހުން ކުރާ ގޯސް ކަންތައް ރަނގަޅު ކުރުވާ އެމީހުންނަށް ކަންތައް ކުރަންވާ ގޮތް އަންގައިދޭނެ އެވެ އެކަމަކު ކަލޭމެން ކަލޭމެންގެ ދަރިން ދެކެ ލޯބި ނުވަނީ ނަމަ އެމީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާނެއެވެ ކަލޭމެންގެ ދަރިންނަށް އުޅެންވީ ރަނގަޅު ގޮތްތައް ދަސްކޮށްދޭށެވެ އޭރުން އެމީހުން މުޅި އުމުރަށްވެސް އެކަންތައްތައް ހަނދާން ބަހައްޓާނެއެވެ އެހެންމީހުންނާއި ދޭތެރޭ ވެސް ވިސްނަންވާނެ ކޮންމެ ދެމަފިރިއަކުވެސް އެމީހުންގެ މައިންބަފައިންނަށާ ދަރިންނަށާ ރައްޓެހިންނަށާ އަދި ނުދަންނަ މީހުންނާއި ދޭތެރޭވެސް ވާންޖެހޭ ޒިންމާއާއި މަސްއޫލިޔަތުތަކެއް އޮވޭ ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވާންވާނީ ތެދުވެރިކަމާއި އެކުއެވެ އެއީ ލޯބީގެ ސަބަބުން މަޢާފު ކުރެވި އެތައް ފާފަތަކެއް ފޮހެވިދާނެއެވެ ކަލޭމެންގެ ގެއަށް އަންނަ މީހުންނަށް ހެޔޮކޮށް ކަންތައްކުރާށެވެ އަދި އެކަމާ ދޭތެރޭ ކުދި ކިޔާ ނަހަދާށެވެ ޢީސާގެފާނު ވިދާޅުވިއެވެ ތިޔަބައިމީހުންގެ ސާޙިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހިތާއި ފުރާނައާއި ބުއްދިން ލޯބިވާށެވެ މިއީ އެންމެފުރަތަމަވެސް އަދި އެންމެ މަތިވެރިވެސް އަމުރުފުޅެވެ އަދި ދެވަނައަށް އެންމެމުހިންމު އަމުރުފުޅަކީ ކަލޭމެންގެ އަމިއްލަ ނަފުސުދެކެ ލޯބިވާ ފަދައިން އެހެންމީހުން ދެކެވެސް ލޯބިވާށެވެ އޮންނަ އެއްޗެއް ނޫން hello dear friend

from Robert