ޢީސާގެފާނުން ދެއްކެވި މުޣުޖިޒާތް މިއަށްފަހު ޢީސާގެފާނު ބޮޑުފުޅުވެ ވަޑައިގަންނަވަމުން ދިޔައެވެ އެކަލޭގެފާނަށް މާތްރަސްކަލާނގެ އާއި މީސްތަކުންގެ ރުހުން ލިބިވަޑައިގެން ވިސްނުންތެރިވެ ވަޑައިގަންނަވަމުން ދިޔައެވެ ޢީސާގެފާނުންގެ އުމުރުފުޅުން ތިރީހަކަށް އަހަރުފުޅު ވުމާއެކު އެކަލޭގެފާނުން މާތްރަސްކަލާނގެއާ މެދު މީސްތަކުންނަށް އަންގައިދެއްވުމަށް ފެއްޓެވިއެވެ އެއްދުވަހަކު ދެމީހަކު ޢީސާ ގެފާނުންގެ އަރިހަށް އައިސް ދެންނެވިއެވެ އަޅުގަޑުމެން މިއައީ ޔަހުޔާގެފާނުން މީހުން ފަސޭހަވެ ބީރު މީހުންނަށް އަޑުއިވި މަރުވެފައިވާ މީހުން ދިރުއްވާ އަދި ފަގީރުންނަށް އެންމެއުފާވެރި ޚަބަރު ދެވިއްޖެއެވެ އެހެންދުވަހަކު ގެއެއްގައި ޢީސާގެފާނުން މީސްތަކުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާ މެދު އަންގަވާދެއްވަން އިންނަވަނިކޮށް ބަޔަކު އެތަނަށް ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން ގެނައެވެ އެބަލިމީހާ ޢީސާގެފާނުގެ އަރިހަށް ގެންދިއުމަށްޓަކާ އެމީހުން އެގޭ ތެރެއަށް ވަނުމަށް މަސައްކަތް ކުރިއެވެ ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުން އެކަލޭގެފާނުންގެ އަރިހަށް ދެވެން ނެތުމުން އެބައިމީހުން މީނާ ގޮވައިގެން ފުރާޅު މައްޗަށް ދާން ހުރި ސިޑިއަކުން އެރިއެވެ ދެން ފުރާޅުގައި ބާގަނޑެއް ހަދާ މީސްތަކުންގެ މެދުން މިމީހާ އޭނާގެ އަށިގަނޑާއެކު ސީދާ ޢީސާގެފާނުންގެ ކުރިފުޅުމައްޗަށް ތިރިކުރިއެވެ މިބައިމީހުންގެ އީމާންތެރިކަން ފެނިވަޑައިގެން ޢީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ އެކުވެރިޔާއެވެ ކަލޭގެ ފާފަތައް ފޮހެވިއްޖެއެވެ އެތާތިބި ދީނުގެ ދަންނަބޭކަލުން ހިތަށްއެރިއެވެ ކުފުރުގެ ބަސްތައް ބުނާ މިމީހަކީ މިއީ ކާކު ހެވެ މާތްރަސްކަލާނގެ ފިޔަވާ ފާފަ ފޮއްސެވޭނެ ފަރާތަކީ ކޮބާހެވެ