ޢީސާގެފާނަށް މިމީހުން ހިތަށްމިއަރާ އެއްޗެތި ދެނެވަޑައިގަތް ވިދާޅުވިއެވެ ކަލޭމެން ތިޔަހެން ތިޔަހީކުރަނީ ކީއްވެހެވެ ކަލޭގެ ފާފަތައް ފޮހެވިއްޖެއޭ ނޫނީ ކަލޭ ތެދުވެ ހިގާށޭ މި ދެޖުމްލައިގެ ތެރެއިން އިންސާނަކަށް ބުނުމުގެ ބާރު ލިބިގެންވަނީ ކޮންޖުމްލައެއް ހެއްޔެވެ އަހަރެންނަށް މިދުނިޔޭގައި މީހުންގެ ފާފަ ފޮއްސެވުމުގެ ޙައްޤު ލިބިގެންވާކަން ކަލޭމެންނަށް ސާބިތު ކޮށްދޭނަމެވެ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ ތެދުވާށެވެ ކަލޭގެ އަށިގަނޑު ހިފައިގެން ގެއަށް ދާށެވެ ހަމަވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނ ޑު ނަގައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ކުރަމުން އޭނާގެ ގެއަށް ހިގައްޖެއެވެ މިތަނުގައި ތިބި ހުރިހާ އެންމެން ވަރަށްބޮޑަށް މިކަމާ އަޖައިބުވެ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާކިއެވެ އެބައިމީހުން ވީ ހައިރާންކަމުގެ ބޮޑުކަމުން ބުންޏެވެ މިއަދު އަހަރުމެންނަށް ދުވަހަކުވެސް ހަނދާން ނުނެތޭނޭ ފަދަ އަޖައިބު ކަންތައްތަކެއް ފެނިއްޖެއެވެ އަނެއްދުވަކު ޢީސާގެފާނު ދަތުރުފުޅު ކުރައްވަމުން ވަޑައިގެންނެވި މަގުމަތީ ލޯއަދިރި މީހަކާއި ދިމާވިއެވެ މިމީހާއަކީ ވިހޭއިރުވެސް ލޮލުގެ އަލިކަން ގެއްލިފައިވީ މީހެކެވެ ޢީސާގެފާނުންގެ އެކުވެރިން އެކަލޭގެފާނަށް ބުންޏެވެ އެދުރު ކަލޭގެފާނެވެ މީނާ ވިހޭއިރު އޭނާގެ ލޮލުގެ އަލިކަން ގެއްލިފައިވީ މީނާގެ ފާފައިގެ ނުވަތަ މީނާގެ މައިންބަފައިންގެ ފާފައިގެ ސަބަބުން ތޯއެވެ