ޢީސާގެފާނު ވިދާޅުވިއެވެ އެކަން އެހެންވެފައި އެވަނީ އޭނާގެ ފާފައިގެ ނުވަތަ އޭނާގެ މައިންބަފައިންގެ ފާފައިގެ ސަބަބަކުން ނޫނެވެ އެކަން އެހެންވެފައި އެވަނީ އޭރުން މާތްރަސްކަލާނގެ ބާރުފުޅު އޭނާގެ ދިރިއުޅުމުގައި ދެއްކެވިގެން ދާނޭތީއެވެ އަހަރެން މިދުނިޔޭގައި ވާހާ ހިދަކު އަހަރެންނަކީ ދުނިޔޭގެ އަލިކަމެވެ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު ބިންމައްޗަށް ކުޅު ޖައްސަވާ އެކުޅާއި ފަސްކޮޅަކާ އެއްކުރައްވާ މިކިލާގަނޑު ލޯއަދިރި މީހާގެ ލޮލުގައި އެޅުއްވިއެވެ އަދި އެމީހާއަށް ވިދާޅުވިއެވެ ސިލޮއަމްއޭ ކިޔާ ވެވަށް ގޮސް އެވެވުން މޫނު ދޮންނާށެވެ މިމީހާ އެކަލޭގެފާނު ވިދާޅުވި ފަދައިން ގޮސް އެވެވުން މޫނު ދޮވެގެން ގެއަށް އައިއިރު އޭނާގެ ލޮލަށް އަލިވެ ފެނެއެވެ ޢީސާގެފާނުންގެ ބަސްފުޅަކީ މާތްރަސްކަލާނގެ ބަސްފުޅު އެއްދުވަހަކު ޢީސާގެފާނުން ދަތުރުފުޅު ކުރައްވަމުން ދަނިކޮށް ވެވަޑައިގެންފައިވާ ވަރުބަލިފުޅުން ވަޅެއްގެ ކައިރީގައި އިށީނދެ ވަޑައިގެން އެތަނަށް ފެންބަލާ އައި އަންހެނެއް ކުރެން ފެންފޮދެއް ގެނެސްދިނުމަށް އެދި ވަޑައިގެންނެވިއެވެ އެއަންހެން މީހާ ބަނޑިޔަލަށް ފެންފުރަމުން ދިޔަވަގުތު އެކަލޭގެފާނުން އޭނައަށް ވިދާޅުވިއެވެ މާތްރަސްކަލާނގެ ކަލެއަށް ދެއްވަވަން ބޭނުންފުޅުވެ ވޮޑިގެންވާ ހަދިޔާއެއް ކަލެއަކަށް ނޭގެއެވެ އަދި ކަލޭގެ ކިބައިން ފެނަށް މިއެދެނީ ކާކުކަމެއް ވެސް ކަލެއަކަށް ނޭގެއެވެ ކަލެއަށް މިކަންތައްތައް އެގިއްޖެ ނަމަ ކަލޭ އެމީހާގެ ކިބައިން ދިރުން ލިބިދޭ ފެނަށް އެދޭނެއެވެ