ޢީސާގެފާނު ވިދާޅުވިއެވެ މިވަޅުން ފެންބޯ ކޮންމެ މީހަކުވެސް އަލުން ފެންބޮވާނެއެވެ ނަމަވެސް އަހަރެން ދޭ ފެންބޮއިފި މީހަކު އެއަށްފަހު ދުވަހަކުވެސް ފެނެއްނުބޮވާނެއެވެ އަހަރެން ދޭ ފެން އެމީހާގެ ހަށިގަޑުނގައި އުތުރިއަރާ ފެންއާރަކަށް ވާނެއެވެ އަދި އެއާރުން ނިމުމެއްނުވާ ހަޔާތެއް ލިބޭނެއެވެ އެހެންފަހަރަކު ޢީސާގެފާނުން އެކަލޭގެފާނުންގެ އެކުވެރިންނަށް ވިދާޅުވި އަހަރެންނަކީ ތެދު އަދި ތެދުމަގު އަދި ދިރިހުރުމެވެ އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ފިޔަވާ އެހެންގޮތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ތެދުގޮތުގައި އީމާނެއް ނުވެވޭނެއެވެ އެހެންފަހަރަކު ޢީސާގެފާނުން ވިދާޅުވިއެވެ ޖައްވާއި ދުނިޔެ ނެތިގެން ދާނެއެވެ ނަމަވެސް އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެއެވެ އަދި އެހެން ފަހަރަކުވެސް ޢީސާގެފާނުން ވިދާޅުވިއެވެ އެމީހެއްގެ އެކުވެރިންނަށްޓަކާ އެމީހެއްގެ ފުރާނަ ދޭ އެބައިމީހުން އަހަރެންނަށް މަލާމާތްކޮށް ނުބައި އެއްޗެތި ގޮވާ އަހަރެންގެ ގަޔަށް ކުޅުޖަހާ ހައްމުށިން އަހަރެންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި އަހަރެން މަރާލާނެއެވެ ނަމަވެސް މަރާލެވޭ ތާ ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރި ދުނިޔެއަށް އަންނާނަމެވެ