މިއަށްފަހު ޢީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ އަދި އެރަށުގައި ހުންނަވަނިކޮށް އެއްރެއެއްގެ ދަމުގެ ވަގުތެއްގައި ސިފައިންގެ މީހުން އެކަލޭގެފާނު ހޯދާ ހައްޔަރު ކުރިއެވެ އެރޭގެ ފަތިހުގައި ދީނުގެ ބޮޑުން މަޖްލީސްވެ ޢީސާގެފާނާއި ސުވާލުތައް ކުރިއެވެ އެއަށްފަހު ޔަހޫދީންގެ ބޮޑުންގެ މިޖަލްސާއިން ނިންމީ ޢީސާގެފާން އެރަށުގެ ގަވަރުނަރުގެ އަރިހަށް ގެންދިޔުމަށެވެ ގަވަރުނަރު އެކަލޭގެފާނުންނާއި ސުވާލުތައް ކުރެއްވުމަށްފަހު އެތާގައިވީ ހުރިހާ މީސްތަކުންނަށް ވިދާޅުވިއެވެ އަހަރެންނަށް ފެންނަ ގޮތުގައި މީނާ މީހާގެ ލޯތްބަށް ވުރެ ފުރިހަމަ ލޯތްބެއް ނުވެއެވެ ޢީސާގެފާނުން އަވަހާރަވީގޮތުގެ މުޣުޖިޒާތް އެއްދުވަހަކު ޢީސާގެފާން އެކަލޭގެފާންގެ އެންމެގާތް ބާރަ އެކުވެރިނާއިގެން މީސްތަކުންނާއި ދުރަށް އެއްފަރާތަކަށް ވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ ޖެރޫސަލަމަށް ދިއުމަށްޓަކާ ދަތުރު ފަށަންވީއެވެ އަދި އެރަށުގައި އަހަރެން ކަމަށްވާ އިންސާނާގެ ދަރިކަލުންނާއި މެދު އިހުޒަމާނުގެ ރަސޫލުބޭކަލުން ލިޔުއްވި ކަންތައްތައް އެބޭކަލުން ލިޔުއްވި ފަދައިން ހިގާ ނިމިދާނެއެވެ އެއީ ލިޔެވިގެންވާ ފަދައިންނެވެ އަހަރެން ޔަހޫދީ ދީނުގެ މީހުން ނޫން ބައެއްގެ އަތް މައްޗަށް ދޫކޮށްލެވޭނެއެވެ އަދި ސަރުކާރުގެ ޤަވާއިދާއި ޙިލާފްވާ ކަހަލަ އެއްވެސްކަމެއް ކޮށްފަކާ ނުވެއެވެ ނަމަވެސް މީސްތަކުން ހުއްޓުމެއް ނެތި ހަޅޭއްލަވަމުން ގެންދިޔައީ ޢީސާގެފާނަށް މަރުގެ ހުކުމް ކުރުމަށެވެ އެބައިމީހުންގެ އަޑު އިރަކަށްވުރެ އިރެއް ބާރުވަމުން ދިޔައެވެ އެންމެފަހުން ގަވަރުނަރު އެބައިމީހުންގެ ހަޅޭކުގެ ސަބަބުން އެބައިމީހުންނާއި އެއްބަސްވެ ޢީސާގެފާނަށް މަރުގެ ހުކުމް ކުރެއްވިއެވެ ސިފައިން ޢީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކާ ރަށްބޭރަށް ގެންދިޔައެވެ މަރުގެ އަދަބު ދިނުމަށްޓަކައި ޢީސާގެފާނުގެ އިތުރުން ކުށްވެރިންގެ ދެމީހަކު ވެސް ގެނެވުނެވެ ސިފައިން ޢީސާގެފާނުނާއި މިދެކުށްވެރިން ހުސް ބިމަކަށް ގެންދިޔައެވެ އެތާގައި ސިފައިން ޢީސާގެފާނު ސަލީބަށް އެރުވިއެވެ އަދި މިދެކުށްވެރިން ވެސް އެކަކު ޢީސާގެފާނުންގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުންގެ ވައަތްޕުޅު ފަރާތުގައި ވާގޮތަށް ސަލީބަށް އެރުވިއެވެ އެވަގުތު ޢީސާގެފާނުން މާތްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާފާދޭވެ އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނެއެވެ