ޢީސާގެފާނާއި އެކު ސަލީބަށް އެރުވުނު ދެކުށްވެރިންގެ ތެރެއިން އެކަކު އެކަލޭގެފާނަށް އެއްޗެތި ގޮވަމުން ގެންދިޔައެވެ އޭނާ އެކަލޭގެފާނަށް ބުންޏެވެ ކަލެއަކީ މާތްކަލާނގެ ފޮނުއްވެވި ޚާއްސަ ބޭކަލެއް ނޫން ހެއްޔެވެ އެހެންނަމަ ކަލޭގެ އަމިއްލަ ނަފްސު މިތަނުން ސަލާމަތްކޮށް އަހަރުމެން ވެސް ސަލާމަތްނުކުރާންވީ ކީއްވެހެވެ ނަމަވެސް އަނެއް ކުށްވެރިޔާ އޭނައަށް ބުންޏެވެ މާތްރަސްކަލާނގެ ކިބަފުޅަށް ކޮންމެވެސް ވަރެއްގެ ބިރުވެތިކަމެއް ބަހައްޓާށެވެ އަހަރުމެން ތިން މީހުންނަށް މިވަނީ މަރުގެ ހުކުމް ކޮށްފައެވެ އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މިގޮތަށް މަރުވުން ޙައްޤު ވެގެންވެއެވެ ނަމަވެސް މިމީހާއަކީ އެއްވެސް ނުބައިކަމެއް ކޮށްފައިވާ މީހެއް ނޫނެވެ ދެން އޭނާ ޢީސާގެފާނަށް ބުންޏެވެ ޢީސާގެފާނެވެ ކަލޭގެފާނުންގެ ރަސްކަންފުޅުގެ ދުވަހުގައި އަޅުގަޑުގެ މަތިން ހަނދާން ބަހައްޓަވަށްޗެވެ ޢީސާގެފާން ޖަވާބުގައި އޭނައަށް ވިދާޅުވިއެވެ އަހަރެން ކަލެއަށް ޔަޤީންކަމާއިއެކު ބުނަމޭ ކަލޭ އަހަރެންނާއިއެކު ހަމަ މިއަދު ސުވަރުގޭގައި ވާނެއެވެ އެދުވަހު މެންދުރު ގާތްގަނޑަކަށް ބާރަ ޖަހާ އެހާކަން ހާއިރު ކުއްލިއަކަށް އިރުގެ އަލިކަން ކެނޑި މުޅި ރަށް އަދިރި ވެއްޖެއެވެ މެންދުރު ފަހު ތިނެއް ޖަހަންދެން މިއަދިރިކަން މިފަދައިން ދެމިހުއްޓެވެ ދެން އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައިވާ ޚާއްސަ ފަރުދާ ދެފަޅިއަށް އިރިގެން ދިޔައެވެ