ޢީސާގެފާން ގަދަ އަޑުފުޅުން މާތްރަސްކަލާނގެ ކިބަފުޅަށް ގޮވައިލެއްވިއެވެ އަހަރެންގެ ފުރާނަ ގެންދަވާފާދޭވެ މިހެން ވިދާޅުވި ހިދު އެކަލޭގެފާނުންގެ ފުރާނަފުޅު އެކަލޭގެފާނުންގެ ހަށިކޮޅާއި ވަކިވެއްޖެއެވެ ޢީސާގެފާނުން އެބުރި ދިރިދުނިޔެއަށް ވަޑައިގަތް މުޣުޖިޒާތް ޢީސާގެފާނު އަވަހާރަވި ދުވަހަކީ އެމީހުންނަށް މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ފަދައިން އަޅުކަން ކުރުމަށްޓަކާ ހާއްސަކުރަންޖެހޭ ދުވަހުގެ ކުރީ ދުވަހެކެވެ އެހެންކަމުން ޢީސާގެފާނުންގެ ހަށިކޮޅު ކަފުނުގެ ފޮތިގަޑަކުން އޮޅާލުމަށްފަހު ވަޅުލުމަށް ތައްޔާރު ކުރެވިފައިވާ ހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ އަދި އެހޮހަޅައިގެ އަގަމަތީ ވަރަށްބޮޑު ހިލައެއް ޖައްސާ ބަންދުކުރިއެވެ އާދީއްތަ ދުވަހުގެ ވަރަށް ފަތިހު ތިޔަބައިމީހުން ދިރިހުރި މީހަކު މަރުވެފައިވާ މީހުންގެ ތެރެއިން ތިޔަހޯދަނީ ކީއްކުރަން ހެއްޔެވެ އެކަލޭގެފާނެއް މިތަނަކު ނެތެވެ އެކަލޭގެފާނުން ވަނީ މަރުވުމަށް ފަހު އަލުން ދިރުއްވަވާފައެވެ ޖަލީލީގައި އެކަލޭގެފާނު ތިޔަބައި މީހުންނަށް ވިދާޅުވި ބަސްފުޅު ހަނދާނެއް ނެތް ހެއްޔެވެ އެކަލޭގެފާނުން ވިދާޅުވި އެކަލޭގެފާނު ފާފަވެރިންގެ އަތްމައްޗަށް ދޫކޮށްލެވޭނެއެވެ އެބައިމީހުން އެކަލޭގެފާނު ސަލީބަށް އަރުވާނެއެވެ އަދި ތިން ވަނައަށްވާ ދުވަހު އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ވަޑައިގަންނަވާނެއެވެ ދެން މިބައިމީހުން ޢީސާގެފާނު ޖަލީލީގައި ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާންވިއެވެ