ޢީސާގެފާނުން ދުނިޔެ ނިމޭދުވަހުން ދުނިޔެއަށް ވަޑައިގަންނަވާނެ ކަމުގެ މުޣުޖިޒާތް ޢީސާގެފާނުން މިދުނިޔޭގައި އުޅުއްވިއިރު އެކަލޭގެފާނުން ވިދާޅުވެފައިވެއެވެ އަހަރެން އެބުރި ދުނިޔެއަށް އަންނައިރު ވިދުވަރެއް ފަދައިން ވިދަވިދާ ވާނެއެވެ އެއަލިކަމުގެ ސަބަބުން އެއްކޮޅުން އަނެއްކޮޅަށް މުޅި އުޑު ދިއްލިގެން ދާނެއެވެ ޢީސާގެފާނު ދުނިޔެ ނިމޭއިރު ވާނޭގޮތުގެ މިވާހަކަފުޅު ވެސް ވިދާޅުވެ ދެއްވިއެވެ އަހަރެން ކަމަށްވާ އިންސާނާގެ ދަރިކަލުން އަހަރެންގެ ފުރިހަމަ ބާރާއިއެކު އަހަރެންގެ ހުރިހާ މަލާއިކަތުން ނާއިއެކު އެބުރި އައިސް އަހަރެންގެ ރަސްކަމުގެ ތަޚުތުގައި ހިސާބުބެލުމަށް އިށީނާނަމެވެ ދުނިޔޭގެ ހުރިހާ ޤައުމުތަކުންމެ މީހުން އަހަރެންގެ ކުރިމައްޗަށް އެއްކުރެވޭނެއެވެ އަދި ގެރިބަކަރި ބަލަހަށްޓާ މީހަކު ކަންބަޅިބަކަރިއާއި ބަކަރި ވަކިކުރާ ފަދައިން އަހަރެން މީސްތަކުން ދެބަޔަކަށް ބަހާނަމެވެ އެއްބަޔަކު އަހަރެންގެ ކަނާއަތް ފަރާތަށް އަނެއްބަޔަކު އަހަރެންގެ ވައަތް ފަރާތަށް ލާނަމެވެ ދެން ކަނާއަތް ފަރާތުގައިވާ މީސްތަކުންނަށް ބުނާނަމެވެ އަހަރެންގެ ބައްޕާފުޅު ކަމަށް ވޮޑިގެންވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާފިއެވެ އަންނާށެވެ މާތްރަސްކަލާނގެ ދުނިޔެ އުފެއްދެވިއިރު ކަލޭމެންނަށްޓަކާ ތައްޔާރު ކުރައްވާފައިވާ އާދުނިޔެއަށް އަންނާށެވެ އަދި ވައަތް ފަރާތުގައިވާ މީހުންނަށް ބުނާނަމެވެ އަހަރެންގެ ކައިރިން ދުރަށްދާށެވެ މާތްރަސްކަލާނގެ ކަލޭމެންގެ މައްޗަށް ކޯފާ ލައްވައިފިއެވެ މާތްރަސްކަލާނގެ އިބްލީހަށާއި އިބްލީހުގެ އެހީތެރިންނަށްޓަކާ ތައްޔާރު ކުރައްވާފައިވާ އަބަދުގެއަބަދަށް އަދައަދާ އޮންނަ އަލިފާންގަޑަށް ދާށެވެ މާތްރަސްކަލާނގެ މިމީހުން އަބަދުގެއަބަދަށް އަޒާބު ލިބުމަށް ފޮނުވާލައްވާނެއެވެ ނަމަވެސް މާތްރަސްކަލާނގެ އެދިވޮޑިގެންވީ ގޮތަށް ކަންތައްތައްކުރި މީހުންނަށް ނިމުމެއްނުވާ ދެމިހުރި ދުނިޔެ ދެއްވާނެއެވެ