ޢީސާގެފާނުން މިދުނިޔޭގައި ކުރައްވަމުންގެންދަވާ ކަންތައްތަކުގެ މުޣުޖިޒާތް ޢީސާގެފާނު މިދުނިޔޭގައި އުޅުއްވިއިރު އެކަލޭގެފާނުންގެ އަޞްޙާބީންނަށް މިފަދައިން ވެސް ވިދާޅުވިއެވެ އަހަރެން މަރުވުމަށްފަހު އަލުން ދިރި ދުނިޔެއަށް އަންނާނަމެވެ އަދި އެއަށްފަހު އަހަރެން ކަލޭމެން ދޫކޮށް އުޑުގައިވާ ބައްޕާފުޅުގެ ހަޒުރަތަށް ދާނަމެވެ އަދި އެއަށްފަހު މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް ފޮނުވޭނެއެވެ އެރޫޙުފުޅު ކަލޭމެންގެ ހިތުގައި ޤާއިމުވާނެވެ އަދި އެރޫޙުފުޅު އަހަރެން ކަލޭމެންނަށް އަންގާދިން ހުރިހާ ކަންތައްތަކުގެ ހަނދާން އާކޮށް ދެއްވާނެއެވެ ކަލޭމެން އެކަންތައްތަކަށް ހެކިވެ އެހެންމީހުންނަށް ވެސް އެކަންތައްތައް އަންގާދޭށެވެ ޢީސާގެފާނު ވިދާޅުވި ފަދައިން އެކަލޭގެފާނު އަވަހާރަވީތާ ތިންދުވަސްފަހުން އަލުން ދިރި ދުނިޔެއަށް ވަޑައިގެންނެވިއެވެ އެކަލޭގެފާނުންގެ އަޞްޙާބީން އެކަލޭގެފާނުން ދެކެ އެކަލޭގެފާނާއި ވާހަކަދެއްކިއެވެ އަދި އެއެންމެންގެ ކުރިމަތީގައި އެކަލޭގެފާނުން އުޑަށް އެރުވުނެވެ ޢީސާގެފާނު އުޑަށް އެރުވުނުތާ ދުވަސްކޮޅެއްފަހުން ޔަހޫދީ ދީނުގެ ޚާއްސަ ޣީދެއް ފާހަގަ ކުރުމަށްޓަކާ އެކި ރަށްތަކުން އެދީނުގެ ގިނަ މީހުން ޖެރޫސަލަމަށް އައެވެ މަތިވެރިސާޙިބު ޢީސާގެފާނުންގެ އަޞްޙާބީން ވެސް ފަރިސީ ކަރައިންނާއި އަރަބި ކަރައިންނާއި އެހެނިހެން ދުރު ރަށްރަށުން އައި މީހުންނެވެ އެކަމަކު މާތް ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަތައް އެމީހުން އެދައްކަނީ އަހަރުމެންގެ އަމިއްލަ ބަސްތަކުންނެވެ އެމީހުން ހައިރާންވެ ވާނުވާއެއް ނޭގިގެން އެކަކު އަނެކަކު ކުރެން ސުވާލު ކުރިއެވެ މިވަނީ ކިހިނެއްހެއްޔެވެ މިކަންތައްތަކުގެ މާނައަކީ ކޮބާހެއްޔެވެ ޢީސާގެފާނުންގެ އަޞްޙާބީންގެ ތެރެއިން ބަދުރު ކޮޅަށް ތެދުވެ އެއްވެފައިވާ މީހުންނާއި މުޚާތަބުކޮށް ބާރަށް ވާހަކަދައްކަން ފެށިއެވެ އެކުވެރީންނާއި ޖެރޫސަލަމަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުންނެވެ އަޅުގަޑު މިކިޔާދޭ ވާހަކައަށް ސަމާލުކަން ދެއްވާ އަޑުއައްސަވާށެވެ ތިޔަބޭފުޅުންނަށް ތިޔަފެންނަ ކަންތައްތަކާ އަޑުއިވޭ އަޑުތަކަކީ އިހުޒަމާނުގެ ނަބީބޭކަލަކު މެދުވެރިކޮށް މާތް އެންގެވި ކަންތައްތަކެވެ އެކަލާނގެ ވަޙީ ކުރެއްވިއެވެ ތިމަންސުވާމީންގެ މީހުންނަށް އެރަށުގެ ގެއެއްގައި އެއްވިއެވެ ކުއްލިއަކަށް އުޑުން އައި ގަދަ ވައިގަނޑެއް ކަހަލަ އަޑެއް އެމީހުންނަށް އިވުނެވެ އެއަޑުން އެމީހުން ތިބި ގެ ގުގުމައިގެން ދިޔަ ކަހަލައެވެ އަދި އަލިފާނުގެ ހުޅުކޮޅުތަކެއް ފަދަ އަލިތަކެއް އުދުހެމުން ދާތަން އެމީހުން ދުއްޓެވެ އަދި މިއަލިކޮޅުތައް މިއަޞްޙާބީންގެ ބޮލުގެ މައްޗަށް ޖެއްސިއެވެ މާތްރަސްކަލާނގެ މާތްރޫޙުފުޅުން މި އެންމެންގެ މައްޗަށް ބާރު ހިންގަން ފެށުމުން އެރޫޙުފުޅު އެމީހުން ލައްވައި އެކިއެކި ތަފާތު ބަސްތަކުން ވާހަކަ ދައްކުވަން ފެށިއެވެ އެގޭގެ ބޭރުގައި ތިބި މީހުންނަށް މިމީހުން ވާހަކަދައްކާ އަޑު އިވުމުން އެ ގޭ ކައިރިއަށް ގޮސް ގޭތެރެ ފެނޭތޯ މަސައްކަތް ކުރިއެވެ އެމީހުންނަށް ފެނުނު ކަންތަކުން ހައިރަާންވެ ކަންބޮޑުވެ އެމީހުން ބުންޏެވެ މިހުރިހާ އެންމެންނަކީ ޖަލީލީ ކަރައިގެ މީހުންނެވެ ނަމަވެސް އެމީހުން އަހަރުމެންގެ ރަށްރަށުގެ ބަސްތަކުން އެހާ ފުރިހަމަކޮށް އެވާހަކަދައްކަނީ ކީއްވެގެން ބާވައެވެ އަހަރެމެންނަކީ ރޯމުންނާއި ތިމަންސުވާމީންގެ ރޫޙުފުޅު ފޮނުއްވާނީ އެންމެފަހު ޒަމާނުގެ ދުވަސްތައް ފެށުމުންނެވެ ފިރިހެނުންނަށާއި އަންހެނުނަށް ތިމަންސުވާމީންގެ ރޫޙުފުޅު ދެއްވާނަމެވެ އަދި ރޫޙުފުޅު ލިބުމުން އެމީހުން ތިމަންސުވާމީންގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ ކިޔާނެއެވެ އަދި އެދުވަހުން ތިމަންސުވާމީންގެ ނަންފުޅު ގަނެ ހެދިހާ މީހަކު ސަލާމަތްވާނެއެވެ އަހަރެން މިކިޔާދޭ ޢީސާގެފާނުންގެ ވާހަކަ އަޑުއަހާށެވެ ޢީސާގެފާނަކީ ތިޔަބައިމީހުންނަށްޓަކާ މާތް ފޮނުއްވި ބޭކަލެއްކަން ޚޮދް މާތް ސާބިތުކޮށް ދެއްވާފިއެވެ އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަންހުރި މުޣުޖިޒާތް ތަކުންނާއި ހައިރާންކުރަނިވި ކަންތައްތަކުން ނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވެއެވެ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެކަން އެގޭނެއެވެ އެކަލޭގެފާނު އަވަހާރަ ކޮށްލެވުމަށްޓަކާ ތިޔަބައިމީހުންނާއި ހަވާލުކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވާ ކަމެކެވެ އެހެންވީމާ ތިޔަބައިމީހުން ނުބައިނުލަފާ މީހުންގެ އެހީއާއި ލައިގެން އެކަލޭގެފާނު ހައްޔަރުކޮށް އެންމެ ބޮޑު ކުށްވެރިޔެއްގެ ގޮތުގައި ސަލީބަށް ނަގާ އަވަހާރަކޮށްލިއެވެ އެހެންނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރި ދުނިޔެއަށް ގެންނެވިއެވެ އެކަލޭގެފާނުގެ މައްޗަކަށް މަރަށް އެއްވެސް ބާރެއް ނުފޯރުވޭނެއެވެ