މީގެ އެތައް ސަތޭކަ އަހަރެއް ކުރީގައި ދާއޫދުގެފާނު މެދުވެރިކޮށް މާތްކަލާނގެ މިކަންތައްތައް ވާނޭކަން ވަނީ އަންގަވާފައެވެ އަލްމަސީހާ އަވަހާރަވެ އަލުން ދިރުއްވުމާ ބެހޭގޮތުން ދާއޫދުގެފާނު ވިދާޅުވެފައިވެއެވެ އިބަސުވާމީންގެ ޚާއްސަ ކުރައްވާ ބޭކަލާ މަރުވުމަށްފަހު ކަށްވަޅުގައި ގިނަ ދުވަސްތަކަކަށް އޮތަކަ ނުދެއްވާނެއެވެ އިބަސުވާމީންގެ އެކަލޭގެފާނުންގެ ހަށިކޮޅު ފަނާވެދިޔުމަކަށް ނުދޫކުރައްވާނެއެވެ މީސްތަކުންނޭ އަހަރެންނާ މިތާ މިތިބި ހުރިހާ ޢީސާގެފާނުންގެ އަޞްޙާބީން އެކަމަށް ހެކިވެ ބުނަމެވެ މާތް ޢީސާގެފާނު އަލުން ދިރުއްވަވާފިއެވެ އަދި އެކަލޭގެފާނު އެކަލާނގެ ކަނާއަތްޕުޅު ފަރާތުގައި ވުމަށް އުޑަށް އަރުއްވައިފިއެވެ މަތިވެރިރަސްކަލާނގެ ވަޢުދުވެ ވޮޑިގަންނަވާފައި ވާފަދައިން އެކަލޭގެފާނަށް މާތްރޫޙުފުޅު ފޮނުއްވުމުގެ ހުއްދަ ދެއްވާފިއެވެ ތިޔަބައިމީހުންނަށް މިހާރު ތިޔަ ފެނި އަޑުއިވޭ ކަންތައްތަކަކީ އެރޫޙުފުޅު އަހަރުމެންގެ ތެރެއަށް ފޮނުއްވުނު ކަމުގެ ހެކިތަކެވެ އަހަރުމެންނަށް މާތްރޫޙުފުޅު ދެއްވި ފަރާތަކީ ހަމަ ޢީސާގެފާނެވެ ތިޔަބައިމީހުން ޤަބޫލުކޮށް އީމާންވާންވީ ކަންތައްތަކަކީ މިއީއެވެ ތިޔަބައިމީހުން ޢީސާގެފާނު ކުށްވެރިޔެއްގެ ގޮތުގައި އަވަހާރަކޮށްލި ކަމުގައި ވިޔަސް ޢީސާގެފާނަކީ މާތް ޚާއްސަ ކުރައްވާފައިވާ އަލްމަސީހު ކަމަށާއި އަދި އެކަލާނގެ ކަނޑަ އެޅުއްވި މަތިވެރި ސާޙިބާ ކަން ޤަބޫލްކޮށް އީމާންވާށެވެ އެތާ ތިބި މީހުންނަށް މިވާހަކަ އަޑުއިވުމުން ވަރަށްބޮޑަށް ދެރަވެ ބަދުރާއި އެހެން ވެސް ޢީސާގެފާނުންގެ އިސް އަޞްޙާބީން ކުރެން ސުވާލުކުރިއެވެ އެކުވެރިންނެވެ އަހަރުމެން ދެން ކަންތައް ކުރަންވީ ކިހިނެއްހެއްޔެވެ ބަދުރު ބުންޏެވެ ފާފަ ކުރުމުން ދުރުވާށެވެ މާތްކަލާނގެ ކިބަފުޅަށް ކަލޭމެންގެ ހިތްތައް އަބުރާށެވެ ތިޔަބައިމީހުންގެ ފާފަ ފޮއްސެވުން ލިބިގަތުމަށްޓަކާ ޢީސާއަލްމަސީހަށް އީމާންވެއްޖެ ކަމަށް މީސްތަކުން ކުރިމަތީ އިޢުތިރާފުވެ ތައުބާގެ ހިނެވުމުން ހިނައިގަންނާށެވެ އެއިރުން ތިޔަބައިމީހުންނަށް އެކަލާނގެ މާތްރޫޙުފުޅު ދެއްވާނެއެވެ މީގެ އިތުރަށް ބަދުރު އެމީހުންނަށް ޢީސާގެފާނުންނާއި ބެހޭގޮތުން އެހެން އެތައް ކަންތައްތަކެއްގެ ވާހަކަ ވެސް ކިޔައިދިނެވެ އޭނާ އެމީހުންނަށް އާދޭހާއިއެކު ދެންނެވިއެވެ ޢީސާގެފާނު އަވަހާރަކޮށްލި މީހުންގެ ދޮގުވާހަކަތަކާއި ނުބައިގޮތްތަކުން ސަލާމަތްވެ އެމީހުންނަށް ލިބޭނެ އަޒާބުން ސަލާމަތްވާށެވެ އެދުވަހު އޭނާ ދެއްކި ވާހަކަތައް އެހި މީހުންގެ ތެރެއިން ގާތްގަނޑަކަށް ތިންހާސްމީހުން އީމާންވެ ހިނައިގަތެވެ އެ އީމާންވި މީހުންގެ ހުރިހާ ވަގުތު ހޭދަކުރީ ޢީސާގެފާނުންގެ އަޞްޙާބީންގެ ކިބައިން އެކަލޭގެފާނާއި ބެހޭ ވާހަކަތައް އަހާ ދަސްކުރުމުގައެވެ އަދި އެމީހުން އެކަކު އަނެކަކާއި ދޭތެރޭ ކަންތައްތައް ކުރީ އެއްބަޑުއެއްބަފާ މީހުންނާ އެއްފަދައިންނެވެ