އެދުވަސްކޮޅު ޝައޫލް އޭ ނަމަކަށް ކިޔުނު ވަރަށްބޮޑު ދީންވެރިއަކު އުޅުނެވެ އޭނާ ޢީސާގެފާނަށް އީމާންވާ ހުރިހާ އެންމެން މެރުމަށް ގަސްތުކުރިއެވެ އެ މަޤުސަދުގައި އޭނާ ޢީސާގެފާނުން ޤަބޫލުކުރާ އެންމެން ހޯދާ ހައްޔަރު ކުރުމަށް ދަމަސްކުސްއަށް ދަތުރުކޮށްފައި ދަނިކޮށް ކުއްލިއަކަށް އުޑުން އައި ގަދަ ވިދުވަރެއް ފަދަ އައްޔެއް އޭނާގެ ވަށައިގެންވިއެވެ މިއަލީގެ ސަބަބުން ސިއްސައިގެން ގޮސް އޭނާ ދަތުރުކުރަމުން ދިޔަ އަސްމަތިން ބިންމައްޗަށް ވެއްޓުނެވެ ދެން އެއަލީގެ ތެރެއިން އައި އަޑެއް މިފަދައިން އިވުނެވެ ޝައޫލްއެވެ އަހަރެންނަށް އަނިޔާދޭން ތިޔަ އުޅެނީ ކީއްވެގެންހެޔެވެ ޝައޫލް ބުންޏެވެ ސާޙިބާއެވެ ތިޔައީ ކޮންބޭކަލެއް ތޯއެވެ އެ އަލީގެ ތެރެއިން މިޖަވާބު އިވުނެވެ އަހަރެންނަކީ ކަލޭ އަނިޔާ ދޭން ތިޔަ މަސައްކަތްކުރާ ޢީސާގެފާނެވެ ބިންމަތިން ތެދުވާށެވެ ރަށުގެ ތެރެއަށް ދާށެވެ އަދި އެއަށްފަހު ކަންތައްތައް ކުރަންވީގޮތް ކަލެއަށް އެގޭނެއެވެ ޝައޫލްއާއި އެކުގައި ދަތުރުކޮށްފައި ދިޔަ މީހުންނަށް ބުނާނެ އެއްޗެއް ނޭގިފައި ތިއްބެވެ އެއީ އެމީހުންނަށް ވެސް މިއަޑު އިވުނެވެ ނަމަވެސް އެމީހުން ވެސް އެއްވެސް މީހަކު ނުދެކެއެވެ ދެން ޝައޫލް ބިންމަތިން ތެދުވިއިރު އޭނާގެ ލޮލުގެ އަލިކަން ވަނީ ގެއްލިފައެވެ އޭގެ ތިންދުވަސް ފަހުން މާތްސާޙިބާ އަނަނިއަސް އޭކިޔުނު އެކަލޭގެފާނަށް އިމާންވާ މީހަކު ޝައޫލްގެ ކައިރިއަށް ފޮނުއްވިއެވެ ޢީސާގެފާނު މިއަނަނިއަސްގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެން އޭނައަށް ވިދާޅުވިއެވެ މިވެނި ރަށެއްގެ މިވެނި ގެއެއްގައި ތަރުސުސްގެ މީހެއް ކަމުގައިވާ ޝައޫލްއޭ ނަމަކަށް ކިޔޭ މީހަކު ވާނެއެވެ އޭނާގެ ކައިރިއަށް ގޮސް ބުނާށެވެ ތިމަންނަ މިއައީ ޢީސާގެފާނު ފޮނުއްވުމުންނެވެ އެކަލޭގެފާނު ކަލޭގެ ލޮލުގެ އަލިކަން އަބުރާދެއްވާ ކަލެއަށް މާތްރޫޙުފުޅު ދެއްވުމަށް އެދިވަޑައިގަންނަވައެވެ ދެން އަނަނިއަސް އެގެއަށް ގޮސް ޝައޫލްގެ ގައިގައި އަތްލާފައި ބުންޏެވެ ކަލޭ ދަތުރުކޮށްފައި ދިޔަ މަގުމަތީ ކަލޭގެ ކުރިމައްޗަށް ފައުޅުވީ ޢީސާގެފާނެވެ އަހަރެން މިއައީ އެކަލޭގެފާނުން ފޮނުއްވީމައެވެ އެކަލޭގެފާނުން އަހަރެން ފޮނުއްވީ ކަލޭގެ ލޮލުގެ އަލިކަން އަބުރާ ދެއްވުމަށާއި އަދި މާތްރޫޙުފުޅު ވެސް ދެއްވުމަށެވެ ހަމައެވަގުތު ޝައޫލްގެ ލޮލަށް އަލިވެއްޖެއެވެ ދެން އޭނާ ޢީސާގެފާނަށް އީމާންވެ ތައުބާގެ ހިނެވުމުން ހިނައިގަތެވެ އަދި އޭނަ ރަގަޅުވެ ގައިގައި ވަރުޖެހެމުން ދިޔައެވެ ޝައޫލު މިތަޖުރިބާ ކުރި ކަންތައްތައް އޭނާ އެހެންމީހުންނަށް ވެސް އަންގައިދިނެވެ އަހަރުމެން މާތްރަސްކަލާނގެ ޢަދާވަތްތެރިންގެ ގޮތުގައި ވަނިކޮށްމެ އަހަރުމެންގެ ފާފަވެރި ނުކިޔަމަންތެރިކަމުގެ ސަބަބުން އެކަލާނގެ އަލްމަސީހު ފޮނުއްވީ އަހަރުމެންނަށްޓަކާ މަރުވުމަށެވެ އަހަރުމެންގެ ފާފައިގެ ސަބަބުން އަހަރުމެންނަށް ލިބެންވީ އަދަބުގެ ސަޒާ ޢީސާގެފާނުން ލިބިގަތެވެ އަހަރުމެން ހުރިހާ އިންސާނުންގެ ފާފަތައް ޢީސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ޢަފޫކޮށް ދެއްވިއެވެ މިގޮތުން މާތްރަސްކަލާނގެ އަހަރުމެން ދެކެވާ އެކަލާނގެ ލޯބިފުޅުގެ މަތިވެރިކަން އަހަރުމެންނަށް ދެއްކެވިއެވެ