ނަމަވެސް މަރުވުމަށްފަހު ކުރިމަތިލާންޖެހޭ އަނެއް ދުނިޔެ ނުވަތަ ސުވަރުގެއާއި ބެހޭގޮތުން އަހަރުމެންނަށް އެގެނީ ވަރަށް ކުޑަ އެއްޗެއް އަހަރުމެން އެންމެންގެ ވެސް ހިތުގެ އެންމެބޮޑު އެދުމަކީ މަރުވުމަށްފަހު ސުވަރުގެ ދިޔުން އަބަދުގެ އަބަދަށް ދިރިހުންނަން ބޭނުންތަ އިރުކޮޅަކަށް ވެސް ހުއްޓައެއް ނުލައްވަވާ އަހަރުމެން ނޭވާލުމަށް ބޭނުންވާ ވަޔާއި އިރުގެ އަލިކަމާއި ލިބޭ ރޯއްޖަކީ މާތްރަސްކަލާނގެ ދެއްވާ ބަރަކާތާއި ނިއުމަތް މިނިއުމަތްތަކާއި ނުލާ ދިރިއުޅުން ވޭތުކުރުން އުނދަގޫވާނެ ވަރު ހިތަށް ގެނައުންވެސް އުދަގޫ ނަރަކައަކީ އަހަރުމެންނަށް އެކަލާނގެ ދެއްވާ ހުރިހާ ނިއުމަތަކުން ބޭރުވުން ކިތަންމެ ބޮޑަކަށް އެދުނަސް އަލުން އެކަލާނގެއަކީ ކޮބައިކަން ނޭގޭނެ ނުފެންނާނެ އަދި އެކަލާނގެ ދެއްވާ ނިއުމަތްތައް ނުލިބޭނެ ފަދަ ގޮތެއްގައި ނިމުމެއްނެތް ހަޔާތެއް ވޭތިކުރަން ޖެހުން އަހަރުމެން މިދުނިޔޭގައި އުޅުމުގެ ވަގުތު ހަމަވާއިރު މިދުނިޔޭގައި އަހަރުމެން އުޅުނުއިރު އަހަރުމެންގެ ހިތާއި އަމަލުން ކަންތައް ކޮށްފައިވާ ގޮތުގެ މައްޗަށް މާތްރަސްކަލާނގެ ކުރައްވާ ހުރިހާ ސުވާލުތަކަކަށް އަހަރުމެން ޖަވާބުދޭން ޖެހޭނެ އެދުވަހުން އަހަރުމެންގެ ހިތަށާއި އަމަލުތަކަށް ބެއްލެވުމަށްފަހު އެކަލާނގެ އިންސާފު ކުރައްވާނެ އަހަރެން ކަލޭ ކުރެން ނަރަކައަކީ ކޮބާހޭ އަހައިފި ނަމަ ކަލޭގެ ޖަވާބަކަށް ވާނީ އެއީ އަނދައަނދާ އޮންނަ ބޮޑު އަލިފާންގަނޑެކޭ ކަންނޭގެ އަދި ސުވަރުގެއަކީ ކޮބާތޯ ސުވާލުކޮށްފި ނަމަ ބުނާނީ އެއީ މާބަގީޗާތަކުން ފުރިފައިވާ ތާޒާ ފެން އާރުތައް އުތުރިއަރާ ތަނެކޭ ކަންނޭގެ ނަމަވެސް އެކުވެރިންނޭ އަހަރެން ބުނަންތަ ނަރަކަވެސް އަދި ސުވަރުގެވެސް މިއާ ވަރަށް ތަފާތު އެއީ ހަޤީޤަތުގައި ނަރަކައަކީ ހަމައެކަނި އަލިފާންގަނޑެއް ނޫން ނަރަކައަކީ މުޅި އުމުރުގެ އުމުރަށް މާތްރަސްކަލާނގެ ރަޙުމަތާއި ބެއްލެވުމުގެ ދަށުން ބޭރުވުން މިދުނިޔޭގައި އަހަރުމެން ވާއިރު އަހަރުމެން އެކަލާނގެ އެންގެވި މަގުން ނޫޅުނަސް އަދި އެކަލާނގެ ކިބަފުޅަށް ލޯބި ނުވިޔަސް އަދި ކީއްކުރަން އެކަލާނގެ ވޮޑިގެންވާކަން ޤަބޫލު ނުކުރިއަސް ވެސް އެކަލާނގެ އަހަރުމެންނަށް އަބަދުވެސް ބަރަކާތް ލައްވަވާ އަދި އެކަލާނގެ އަހަރުމެންގެ މައްޗަށް ބެއްލެވުން އެންމެ އެކުވެރިންނޭ އަހަރުމެން ކޮންމެ މީހަކުވެސް އަހަރުމެންގެ އެތެރެފުށަށް ތެދުނަޒަރަކުން ބަލާލައިފިނަމަ ފާފައިން ސަލާމަތް ވެގެންވާ އެއްވެސް މީހަކު ނުވާކަން ރަގަޅަށް އެނގޭނެ އަހަރުމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވަނީ ހަމައެކަނި މާތްރަސްކަލާނގެ އަހަރުމެންގެ ހިތާއި ކޮށްފައިވާ އަމަލަކީ އެކަލާނގެ ކުރިފުޅުމަތީގައި ރަގަޅު މަޤުބޫލު އެއްޗަކަށް ވަނީނަމަ އެކަލާނގެ އަހަރުމެންނަށް ނިމުމެއްނުވާ ދުނިޔެ ދެއްވާނެ ޢީސާގެފާނު ސަލީބުގައި އަހަރުމެންގެ ފާފައިގެ ސަބަބުން އަހަރުމެންނަށް ލިބެންވީ އަދަބުގެ ސަޒާ ލިބިގެންފި އެހެންކަމުން އަހަރުމެން ހުރިހާ އިންސާނުންގެ ފާފަތައް ވަނީ ފޮހެވިފައި އެކަމުގެ ސަބަބުން އަހަރުމެންނަށް ނިމުމެއްނުވާ އަބަދުގެ އަބަދަށް ދެމިހުރި ހަޔާތެއް ވަނީ ލިބިފައި މިނިމުމެއް ނުވާ ހަޔާތުގެ ފެށުމަކީ އަހަރުމެން ޢީސާގެފާނަކީ އަލްމަސީހު ކަން ޤަބޫލުކޮށް އަދި އެކަލޭގެފާނުން ސަލީބުގައި މަރުވެދިޔައީ އަހަރުމެންގެ ފާފަތައް ފުއްސަވާ އަހަރުމެން ދިންނެވުމަށްޓަކާ ކަން ޤަބޫލުކުރާ ވަގުތު އަދި މަރުވުމަށްފަހު ވެސް މާތްރަސްކަލާނގެ މިދެއްވާ ނިމުމެއްނެތް ދުނިޔޭގެ ސަބަބުން އަހަރުމެން ދިރިގެންވާނެ މަރުވުމަށްފަހު އަހަރުމެން ވާނީ އެކަލާނގެ ހަޒުރަތުގައި އަހަރުމެން ހޭދަކުރާ ނިމުމެއްނުވާ ހަޔާތަކީ ސުވަރުގެ އިންޖީލުގައި ސުވަރުގެ އާއި ބެހޭގޮތުން މިފަދައިން ލިޔެވިގެންވޭ މިދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗަކާއި އަދި މުޅި ޖައްވު ނެތިދާނެ އެއަށްފަހު މާތްރަސްކަލާނގެ މުޅިން އާދުނިޔެއެއް ހައްދަވާނެ އެދުނިޔެ ވާނީ މާތްރަސްކަލާނގެ އަހަރުމެންނާއިއެކު ވާ ދުނިޔެ ކަމުގައި އަހަރުމެންގެ ކަލާނގެ އަހަރުމެންނާއި އެކު ހުރަހެއް ނެތި އެތަނުގައި ވާނެ ސުވަރުގޭގައި އަހަރުމެންގެ މިހަޔާތުގައި ދިމާވި އުނދަގޫތަކުގެ ސަބަބުން ލޮލުގައިވާ ހުރިހާ ކަރުނައެއް އެކަލާނގެ ފޮހެދެއްވާނެ އެތާގައި މަރުވުމެއް ނުވާނެ ހިތާމައެއް ނުވާނެ ރުއިމެއް އަދި ތަދާއި ވޭނެއް ވެސް ނުވާނެ ކުރީގެ ހުރިހާ ކަމެއް ނެތިދާނެ ޢީސާގެފާނު ޤަބޫލުކުރާ މީހުންނަށް ވާ ސުވަރުގެއަކީ މިއީ ސުވަރުގެއަކީ ބޮޑު ގަނޑުވަރެއް ނޫން ރީތި ހޫރައްލީނުންނެއް ވެސް އެތާކުނުވޭ ސުވަރުގެއަކީ އަހަރުމެންގެ މަތިވެރިކަލާނގެއާއި އެކުގައި އެކަލާނގެ ހަޒުރަތުގައި އަހަރުމެން އުފަލާއިއެކު ހޭދަކުރުމަށް ލިބޭ ނިމުމެއްނުވާ ދެމިހުރި ދުނިޔެ އެކުވެރިޔާ ކަލޭވެސް ނިމުމެއްނުވާ ދެމިހުރި ދުނިޔެ ސުވަރުގެ ބޭނުންނަމަ ޢީސާގެފާނުންގެ ނަންފުޅުގައި ކަލޭގެ ފާފަތައް ފޮއްސެވުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރޭ މާތްރަސްކަލާކޯ މިއަޅާ އިބަސުވާމީންގެއާއި ދެކޮޅުވެ މިއަޅާގެ ހިތާއި އަމަލާއި ބަހުން ފާފަކޮށްފިން މިއަޅާއަށް ކުރެވުނު ހުރިހާ ފާފައަކާއި މެދު މިއަޅާ ހިތުގެއަޑިން ދެރަވެ ތައުބާވަން އަދި އިބަސުވާމީންގެ ޢީސާގެފާނު މެދުވެރިކޮށް މިއަޅާގެ ފާފަ ފޮއްސަވާ ދެއްވީތީ މިއަޅާ ޝުކުރުވެރިވަން މާތްރަސްކަލާކޯ އިބަސުވާމީންގެ މާތްރޫޙުފުޅާއި އަދި ނިމުމެއްނުވާ ދުނިޔެ ސުވަރުގެ މިއަޅާއަށް ދެއްވާފާނދޭ މިއަޅާ މިދުޢާ މިދެންނެވީ ޢީސާގެފާނުންގެ ނަންފުޅުގައި އާމީން މި ކުޑަފޮތަކީ ސީދާހިތުގެ ފަރާތުން ތައްޔާރު ކޮށްފައިވާ ފޮތެއް

hello dear friend

from Robert