މާތްރަސްކަލާކޯއެވެ މިއަޅާއަށް ލިބެމުންދާ ވޭންތައް ދެކިވޮޑިގެން އެކަންތަކުން މިއަޅާ ސަލާމަތް ކުރައްވާފާނދޭވެ މިއަޅާ އިބަސުވާމީންގެ އެންގެވުންތައް ހަނދާނެއް ނުނެތެއެވެ މިއަޅާ ޙިމާޔަތް ކުރައްވާ މިނިވަން ކުރައްވާފާނދޭވެ އިބަސުވާމީންގެ ވަޢުދުފުޅުގައިވާ ފަދައިން މިއަޅާގެ ފުރާނަ ދަމަހަށްޓަވާފާނދޭވެ އިބަސުވާމީންގެ ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަން ނުވާ މީހުން ވަނީ ދިންނެވުމާ ވަރަށް ދުރުގައެވެ އެއީ އިބަސުވާމީންގެ އެންގެވުންތަކަށް އެމީހުން އަޅާނުލާތީ އެވެ ސާޙިބުވަންތަ ރަސްކަލާކޯއެވެ އިބަސުވާމީންގެ ރަޙުމްފުޅު މަތިވެރިވެގެންވެއެވެ އިބަސުވާމީންގެ އަމުރުފުޅުގައި ވާފަދައިން މިއަޅާގެ ފުރާނަ ދަމަހަށްޓަވާފާނދޭވެ

hello dear friend

from Robert