އިބަސުވާމީންގެއީ މިއަޅާ ބަލަހައްޓަވާ ފަރާތެވެ އެހެންކަމުން މިއަޅާގެ ހުރިހާ ބޭނުންތައް ވަނީ ފުދިފައެވެ އިބަސުވާމީންގެ މިއަޅާ ފެހި ހިޔާދޭ ގަސްތައްވާ ތަނަވަސް ބިންތަކަށް އަރާމް ކުރުމަށް ގެންދަވައެވެ އަދި ފެންދެމޭ މަޑުމައިތިރި ކޯރުތަކުގެ ކައިރިއަށް މިއަޅާ ގެންގޮސް ދެއްވައެވެ މިގޮތުން މިއަޅާގެ ހިތަށް ތާޒާކަން ދެއްވައެވެ އިބަސުވާމީންގެ މިއަޅާ ސީދާތެދު މަގުތަކުން ގެންދަވައެވެ އެއީ އިބަސުވާމީންގެއީ ރައްކާތެރި ކުރައްވާ ކަލާނގެއެވެ މިއަޅާ މަރުގެ އަނދިރިކަންވާ ފުންވާދީން ދަތުރުކޮށް ދާންޖެހުނަސް ބިރެއް ނުގަންނާނަމެވެ އެއީ އިބަސުވާމީންގެ މިއަޅާއާއިއެކު ވާނެތީއެވެ އަދި އިބަސުވާމީންގެ އަތްޕުޅު މިއަޅާ ވެއްޓުނަނުދީ ސަލާމަތް ކުރައްވާނެތީއެވެ އިބަސުވާމީންގެ މިއަޅާގެ މައްޗަށް ނުރުހޭ މީހުންގެ ކުރިމަތީގައި މިއަޅާއަށް އިއްޒަތްތެރިކޮށް ހިތުމަށްޓަކާ މޮޅުކެއުން ތައްޔާރުކޮށް ދެއްވައެވެ އަދި ޚާއްސަ މެހެމާނެއްގެ ގޮތުގައި މިއަޅާއަށް ދަޢްވަތު ދެއްވާ މަރުޙަބާ ކިޔުއްވައެވެ އިބަސުވާމީންގެ ދީލަތިކަމުން މިއަޅާގެ ތަށި ފުރިގެން ބަންޑުންދާ ވަރަށް މިއަޅާއަށް ދެއްވައެވެ އިބަސުވާމީންގެ އީ ރަޙުމަތްވަންތަ ކަލާނގެއެވެ މިއަޅާ ދެކެ ލޯބިވެވޮޑިގެންވާ ކަލާނގެއެވެ މުޅި އުމުރަށް ވެސް އިބަސުވާމީންގެ މިއަޅާއާއިއެކު ވާނެކަން ކަށަވަރެވެ އަދި އަބަދުގެއަބަދަށް މިއަޅާ އިބަސުވާމީންގެ ހަޞުރަތުގައި ވާނެއެވެ

hello dear friend

from Robert