މާތްރަސްކަލާކޯ އެވެ މިއަޅާގެމައްޗަށް ރަޙުމްކުރައްވާ ފާނދޭވެ އިބަސުވާމިންގެއީ މަތިވެރި ރަޙުމަތްވަންތަ ކަލާނގެއެވެ އިބަސުވާމީންގެ ލޯބިފުޅަކީ ބަދަލެއްނުވާ ލޯބިފުޅެވެ އެހެންކަމުން އިބަސުވާމީންގެ މިއަޅާގެ ފާފަތައް ފޮހެދެއްވާ ޢަފޫކޮށް ދެއްވާފާނދޭވެ އަދި މިއަޅާގެ ނުބައިކަމާއި ފާފަތައް ދޮވެދެއްވާ މިއަޅާ ސާފުކޮށް ދެއްވާފާނދޭވެ މިއަޅާގެ ފާފަތަކަކީ ކޮބައިކަން މިއަޅާއަށް ރަނގަޅަށް އެނގެއެވެ އެކަންތައްތައް އަބަދުމެ މިއަޅާގެ ކުރިމަތީގައި ވެއެވެ އިބަސުވާމީންގެއާއި ދެކޮޅުވެ މިއަޅާ ފާފަކޮށް އިބަސުވާމީންގެ ނަޒަރުފުޅުގައި ނުބައިނުލަފާ ކަންތައްތައް ކަމުގައިވާ ކަންތައްތައް މިއަޅާ ކުރީމެވެ އިބަސުވާމީންގެ އެކަންތައްތަކުގެ ސަބަބުން މިއަޅާއަށް ދެއްވާނެ ޖަޒާއަކީ އެޖަޒާއެއް މިއަޅާއަށް ޙައްޤުވާ ޖަޒާއެއްކަން ކަށަވަރެވެ މިއަޅާއަކީ އުފަންވީއްސުރެ ވެސް ފާފަވެރި މީހަކީމެވެ މިއަޅާގެ މަންމަގެ ބަނޑަށް ގަރުބަގަތީއް ސުރެވެސް މިއަޅާއަކީ ފާފަވެރިއަކީމެވެ އިބަސުވާމީންގެއީ މިއަޅާއަށް ވިސްނުންތެރި ކަމާއި ބުއްދި ދެއްވާ ރަސްކަލާނގެއެވެ އިބަސުވާމީންގެއީ މީހާގެ އެތެރެ ފުށުގައި ތެދުވެރިކަން ވުމަށް އެދިވޮޑިގެންވާ ކަލާނގެކަން ކަށަވަރެވެ އިބަސުވާމީންގެ މިއަޅާ ސާފުކުރައްވާ ދޮއްވެދެއްވާފާނދޭވެ އޭރުން މިއަޅާ ބޯކިރުފޮދެއް ފަދައިން ހުދުވެ ސާފުވާނެއެވެ އިބަސުވާމީންގެ ކުޑިކުޑިކޮށް ލެއްވި މިއަޅާގެ ކަށިތައް އިބަސުވާމީންގެއަށް ޙަމްދުކުރާ އަޑުއެހުމުގެ އުފާވެރިކަން މިއަޅާއަށް ދެއްވާފާނދޭވެ މިއަޅާގެ ފާފައަށް ނުބައްލަވާ މިއަޅާގެ ނުބައިކަން ނައްތާލައްވާފާނދޭވެ މާތްރަސްކަލާކޯ އެވެ މިއަޅާއަށް އެހީތެރިވެ ދެއްވާފާނދޭވެ އަދި ދެގޮތެއްނުވާ ބަދަލުނުވާނެ ރޫޙެއް މިއަޅާއަށް ދެއްވާފާނދޭވެ އިބަސުވާމީންގެ ހަޞްރަތުން މިއަޅާ ބޭރުކޮށް ނުލައްވާފާނދޭވެ އަދި އިބަސުވާމިންގެ މާތްރޫޙުފުޅު މިއަޅާއާ ވަކި ނުކުރައްވާފާނދޭވެ އިބަސުވާމީންގެ ދެއްވާ ދިންނެވުމުގެ އުފާ އަލުން މިއަޅާއަށް ދެއްވާފާނދޭވެ އަދި އިބަސުވާމީންގެއަށް ކިޔަމަންވާނެ ފަދަ ރޫޙެއް މިއަޅާއަށް ދެއްވާފާނދޭވެ މާތްރަސްކަލާކޯއެވެ މިއަޅާގެ އަނގަހުޅުވާ ދެއްވާފާނދޭވެ އޭރުން މިއަޅާ އިބަސުވާމީންގެ ކިބަފުޅަށް ޙަމްދާސަނާ ކިޔާނަމެވެ އިބަސުވާމީންގެއީ މީހުން ފާފައިގެ ބަދަލުދެއްކުމަށް ކުރާ ހެޔޮކަންތަކަށް ލޯބިކުރައްވާ ކަލާނގެ އެއް ނޫނެވެ އިބަސުވާމީންގެ ލޯބި ކުރައްވަނީ ކުރެވުނު ފާފައިން ހިތް ސާފުކުރާ މީހާގެ ފުރާނައަށެވެ ކުރެވުނު ފާފައާމެދު ދެރަވެ އެހިތާމައިގެ ސަބަބުން ހަލާކުވެފައިވާ އެމީހާގެ ހިތަށެވެ އެފަދަ ހިތެއްގެ ތައުބާއަކީ ހަމަޔަޤީނުންވެސް އިބަސުވާމީންގެ ރުހިވޮޑިގެންވާނެ ހެޔޮކަމެކެވެ

hello dear friend

from Robert