މަގޭ ފުރާނައަށް އަރާމު ލިބެނީ ހަމައެކަނި މާތްރަސްކަލާނގެ ކިބަފުޅުންނެވެ މަށަށް ދިންނެވުންވެސް ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ މަގޭ ބިންގަލަކީ އަދި ދިންނެވުމަކީ އެކަލާނގެއެވެ އެކަލާނގެއީ މަގޭ ވަށައިގެންވާ ބުރުޒެވެ އަހަރެން ދުވަހަކުވެސް އެއްވެސް ކަމަކާ ބިރެއްނުގަންނާނަމެވެ މާތްކަލާކޯއެވެ މިއަޅާއަށް މީސްތަކުންގެ ކިބައިން ހާނިކައާއި އަނިޔާ ލިބޭނީ ކިހާދުވަހެއް ވަންދެން ހެއްޔެވެ މިއަޅާގެ ހިތްވަނީ ރެނދުއަޅާފައިވާ ފާރެއްފަދަ ވެއްޓެމުންދާ ފުޅަފެއް ފަދައިން ދެރަވެ އަނިޔާ ލިބިފައެވެ އެމީހުންގެ ބޭނުމަކީ މިއަޅާ ދެރަކޮށް ނިކަމެތިކޮށް އަދި މިއަޅާގެ އަބުރާއި އިއްޒަތް ނަގާލުމެވެ އެމީހުން ދޮގުހެދުމަށް ލޯބިކުރެއެވެ އަދި ބޭރުފުށުން ހެޔޮގޮތްތައް ދައްކާއިރު ހިތުގައި ނަފުރަތާއި ރުޅިވެރިކަން ބާއްވައެވެ މަގޭ ފުރާނައާއެވެ މަތިވެރިކަލާނގެ ކިބަފުޅުން ހިތްހަމަޖެހުން ހޯދާށެވެ އަހަރެންނަށް އެހީތެރިކަން ލިބެނީ ހަމައެކަނި އެފަރާތުންނެވެ އެކަލާނގެއީ އަހަރެންގެ ބިންގަލެވެ އަދި އެކަލާނގެއީ އަހަރެން މިންޖުކުރައްވާ ފަރާތެވެ އެކަލާނގެއީ އަހަރެންގެ ވަށައިގެންވާ ބުރުޒެވެ އެއްވެސް މީހަކަށް އަހަރެންގެ ގަޔަކު ނުޖެހެވޭނެއެވެ އަހަރެން ޙިމާޔަތްކޮށް ރައްކާތެރި ކުރައްވާ ކާމިޔާބު ދެއްވާ ފަރާތަކީ އެކަލާނގެއެވެ އެކަލާނގެއީ މަގޭ ބާރެވެ އަހަރެން މީހުންގެ ކިބައިން ފިލުމަށް ދާނީ އެކަލާނގެ އަރިހަށެވެ އެންމެންނޭ އަބަދުވެސް އެކަލާނގެއަށް އިތުބާރުކުރާށެވެ އަދި ހިތުގައިވާ ހުރިހާ ހިތާމަތަކަކާއި އެދުމެއް އެކަލާނގެއަށް ކިޔައިދޭށެވެ އެއީ އެކަލާނގެއީ އަހަރުމެންގެ މަދަދުވެރިޔާއެވެ މާތްކަލާކޯއެވެ އިބަސުވާމީންގެއީ ދެގޮތެއްނުވާ ކަލާނގެއެވެ އަދި އިބަސުވާމީންގެއީ ލޯބިވެވޮޑިގެންވާ ކަލާނގެއެވެ ހަމަޔަޤީނުންވެސް އިބަސުވާމީންގެއީ އެމީހަކު ކުރި އަމަލަކަށް ހައްޤުވާ ޖަޒާ ދެއްވާ ކަލާނގެއެވެ

hello dear friend

from Robert