ރޫޙާނީ ބަލިތަކުން ސަލާމަތްވާން ބޭނުންތަ ބަލިބަލީގެ ސަބަބުން އަހަރުމެންނަށް އުދަގޫތައް ލިބި ވަރަށްގިނަ ވޭންތަކާ ކުރިމަތިލާންޖެހޭ ބައެއް ބައްޔަކީ ބޭސްކުރުމުން ރަނގަޅުވާ ބައްޔެވެ އަނެއްބާ ބައްޔަކީ ހިތުގައިވާ ހިތާމައެއްގެ ސަބަބުން ނުވަތަ ހަޔާތުގައި ދިމާވެފައިވާ ކަމެއްގެ ސަބަބުން ޖެހޭ ބައްޔެވެ މިފަދަ ބަލިތައްވެސް ބޭސްކުރުމުންނާ އަދި އެވާހަކަތައް މީހަކަށް ކިޔާދިނުމުން ރަނގަޅުވެއެވެ ނަމަވެސް އަނެއްބައި ބައްޔަކީ ރޫޙާނީ ބައްޔެވެ އަހަރުމެން ދެކޭ ގޮތުގައި ރޫޙާނީ ބަލިތަކަކީ ކޮންމެވެސް ހަންޑިއެއް ނުވަތަ ފުރޭތައެއްގެ ސަބަބުން ޖެހޭ ބަލިތަކެކެވެ ހަޤީޤަތުގައި މިފަދަ ރޫޙާނީ ބަލިތައް އަހަރުމެންނަށް ޖެހެނީ ޝައިޠާނާގެ ފަރާތުންނެވެ އަހަރުމެންގެ ފާފައިގެ ސަބަބުން ޝައިޠާނާއަށް އަހަރުމެންގެ ހިތަށާއި ފުރާނައަށް ބާރު ފޯރުވުމުގެ ޖާގަ ލިބެއެވެ ޝައިޠާނާގެ ބޭނުމަކީ އަހަރުމެން ނެތިކޮށްލުމެވެ ނަމަވެސް އަހަރުމެން އަހަރުމެންގެ ފާފައަށް ތައުބާވެ ހިތްސާފުކުރުމުން މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރުމެންނަށް ދެއްވައެވެ އަދި އެކަލާނގެއީ ހުރިހާ ބާރަކަށް ވުރެ މަތިވެރި ބާރުފުޅެކެވެ އެކަލާނގެ ދެއްވާ މާތްރޫޙުފުޅު އެ ރޫޙާނީ ބާރުތަކުން އަހަރުމެން ސަލާމަތް ކުރައްވާނެއެވެ ނުބައި ރޫޙާނީ ބާރުގެ ދަށުން ސަލާމަތްވީ މީހަކު ޢީސާގެފާނާއި އެކަލޭގެފާނުންގެ އަޞްޙާބީން ކޯރު ހުރަސްކޮށް ދަތުރުކޮށް ގެރާސާއޭ ކިޔާ ހިސާބަށް ވަޑައިގަތެވެ ޢީސާގެފާނުން ދޯނިން ފައިބައި ވަޑައިގަތް ވަގުތު ޖިންނީގެ ސަބަބުން މޮޔަވެފައިވާ މީހަކު މީހުން ވަޅުލާފައިވާ ބިންތަކުގެ ތެރެއިން ނުކުމެގެން ޢީސާގެފާނުގެ އަރިހަށް އައެވެ މިމީހާ އުޅެނީ މަހާނަތަކުގެ ތެރޭގައެވެ އެއްވެސް މީހަކަށް އޭނާ ހިފެހެށްޓޭނެ ގޮތެއް ނުވެއެވެ ވަރަށްގިނަ ފަހަރުގެ މަތިން އޭނާގެ އަތާއި ފައިގައި ހިލިހިލާ އެޅުވިއެވެ ނަމަވެސް މިއިން ކޮންމެ ފަހަރަކު ވެސް އޭނާ މިހިލިހިލާތައް ބުރިބުރި ކޮށްލައެވެ މިހެންވެ އެކަކަށްވެސް އޭނާ ހިފެހެށްޓޭ ގޮތެއް ނުވެއެވެ ދުވާލާއި ރޭގަނޑު ސަހާރާގެ ތެރޭ އުސް އަޑި ހިލަބިމުގެ ތެރޭގައި އޭނާ އުޅެއެވެ އޭނާގެ ގައިގެ އެތަން މިތަން އެދުނެވެ

hello dear friend

from Robert