މިހިނގާދިޔަ ކަންތައްތައް ލޮލުން ދުށް މީހުން ޖިންނި މޮޔަވި މީހާއާ ދޭތެރޭ ކަންތައް ވީގޮތާއި އޫރުތަކަށް ވީގޮތް ވެސް އެބައިމީހުންނަށް ބުނެދިނެވެ ދެން މިބައިމީހުން ޢީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަޙައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ ޢީސާގެފާނު އެތަނުން ވަޑައިގަތުމަށް ދޯންޏަށް އަރާ ވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވިފައިވީ މީހާ އެކަލޭގެފާނާއިއެކު ދިޔުމަށް އެދި އާދޭސްކުރިއެވެ ނަމަވެސް ޢީސާގެފާނު މިކަމާމެދު އިންކާރުކުރައްވާ ވިދާޅުވިއެވެ ކަލޭގެ އާއިލާ ކައިރިއަށް ގޮސް މަތިވެރި ރަސްކަލާނގެ ކަލެއާމެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދޭށެވެ ކަލެއާ ދޭތެރޭ ރަޙުމް ކުރައްވެވި ގޮތުގެ ވާހަކަތައް ވެސް ކިޔާދޭށެވެ ދެން މިމީހާ އެނބުރިގޮސް އެހިސާބުގަނޑުގެ ހުރިހާ ރަށްތަކުގެ ތެރޭގައި ޢީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ އިންޖީލުގައިވާ މާރކުސް ފޮތުގެ ފަސްވަނަ ބާބުން

hello dear friend

from Robert