ހަދަންވީ ފަންޑިތަ ބާ އަހަރުމެން ބަލިވުމުން ފަންޑިތަ ހަދަމެވެ އަދި ރަނގަޅަށް މަސްބޭނޭތޯ ވެސް ފަންޑިތަ ހަދަމެވެ މީހުންނަށް ދެރަ ދިނުމަށް ވެސް ފަންޑިތަ ހަދަމެވެ އެއްފަހަރު ހަދާ ފަންޑިތައިން ބޭނުން ކަންތައް ނުވެއްޖެނަމަ އަލުން އެހެންމީހަކު ލައްވާ ވެސް ފަންޑިތަ ހަދުވަމެވެ ދެން ވެސް އެކަން ނުވެއްޖެ ނަމަ އަލުން އަނެއްކާ އެހެންމީހަކު ލައްވާ ވެސް ފަންޑިތަ ހަދުވަމެވެ މިކަމަށް އެތައް ވަގުތަކާ ލާރިއެއް އަހަރުމެން އަތުން ހޭދަވެއެވެ މިކަންތަކުން ސަލާމަތްވެވިއްޖެ ނަމަ އަހަރުމެންނަށް ވަރަށްބޮޑު މިނިވަންކަމެއް ލިބޭނެއެވެ ދުނިޔޭގައި ވަނީ ދެބާރެވެ އެއްބާރަކީ މަތިވެރިރަސްކަލާނގެ ބާރުފުޅެވެ އަދި އަނެއް ބާރަކީ ޝައިޠާނާގެ ބާރެވެ މާތްރަސްކަލާނގެ އަންގަވަނީ އަހަރުމެން ހުރިހާ ކަމެއްގައިވެސް އެކަލާނގެއަށް އިތުބާރުކޮށް އުނދަގުލުގެ ވަގުތުގައިވެސް އެކަން އެކަލާނގެއަށް ދެންނެވުމަށެވެ ފަންޑިތަ ހެދުމުން އަހަރުމެންނަށް ބާރުލިބެނީ ޝައިޠާނާގެ ފަރާތުންނެވެ އޭނާ އަހަރުމެން އެދޭ ކަންތައްތައް ފުއްދައިދޭ ކަމަށް ހަދާ ދަޅަދައްކައެވެ އެއީ އަހަރުމެން އެދަޅައިގައި ޖައްސާ މުޅިން އޮޅުވާލުމަށެވެ އޭނާގެ އަތްދަށުގައި ހައްޔަރު ކުރުމަށެވެ މިހެން ވިޔަނުދޭށެވެ މިނިވަން މީހަކަށް ވާށެވެ ތެދުގޮތުގައި މާތްރަސްކަލާނގެއަކީ ކޮބައިކަން ހޯދާބަލާށެވެ އަދި އެކަލާނގެއާ މެދުގައިވާ ތެދު ޤަބޫލުކުރާށެވެ އޭރުން އެތެދުގެ ސަބަބުން ކަލޭމެން މިނިވަންވާނެއެވެ ޢީސާގެފާނު ކުޑަކުއްޖަކު ރޫޙާނީބާރުގެ ދަށުން ސަލާމަތްކޮށްދެއްވުން އެއްދުވަހަކު އެތައްބައިވަރު މީހުންތަކެއް ޢީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ އެމީހުންގެ ތެރެއިން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ

hello dear friend

from Robert