އެދުރުކަލޭފާނުންނެވެ އަޅުގަޑު އާދޭހާއި އެކު ދަންނަވަމެވެ އަޅުގަޑުގެ ފިރިހެން ދަރިފުޅު ދެކެލުމަށް ވަޑައިގަންނަވާށެވެ އެއީ އަޅުގަޑުގެ ހުރި އެންމެ ދަރިއެކެވެ ޖިންނިއެއް ވަނީ އޭނާއާއި އަވަލާފަ އެވެ އޭނާ ކުއްލިއަކަށް ހަމަ ހުރެފަ ހަޅޭއްލަވަން ފަށައެވެ އޭތި އޭނާ ހޭނައްތާލުމުން އޭނާގެ އަނގައިން ފޮނުވެސް އަރައެވެ އޭތި އޭނާ އެންމެ އިރުކޮޅަކައްވެސް ދުލެއް ނުކުރެއެވެ އެޖިންނި އެއޮއް އަޅުގަޑުގެ ދަރިފުޅު ނެތި ކޮށްލަނީއެވެ ޢީސާގެފާނުން ވިދާޅުވިއެވެ އޭނާ މިތަނަށް ގެންނާށެވެ އެކުއްޖާ ރޫޙާނީ ބާރުގެ ދަށުން ސަލާމަތްވުމަށް ޢީސާގެފާނުންގެ ނަންފުޅުގައި ދުޢާކުރުމުން އަހަރުމެން އެކަމުން ސަލާމަތްވާނެއެވެ އެކަމަކު އެހިސާބުން އެކަން އެނިމުނީކީ ނޫނެވެ ގިނަފަހަރު ޝައިޠާނާ އަނެއްކާވެސް އަހަރުމެންނާ ހަމަލާދެއެވެ ނަމަވެސް އަހަރުމެންގެ ހިތް ފާފައިން ސާފުކޮށް ޢީސާގެފާނުންގެ ނަންފުޅުގައި ދުޢާކުރުމުން މާތްރަސްކަލާނގެ ޝައިޠާނާގެ ފަރާތުން އަހަރުމެންނަށް ޖެހޭ ރޫޙާނީ ހަމަލާތަކުން އަހަރުމެން އަބަދުވެސް ސަލާމަތް ކުރައްވާނެއެވެ ޢީސާގެފާނުން އަނިޔާލިބި ސަލީބުގައި މަރުވެދިޔައީ އަހަރުމެންގެ ފާފައިގެ ސަބަބުން އަހަރުމެންނަށް ލިބެންވީ އަޒާބުތަކުގެ ސަޒާ ލިބިގަތުމަށެވެ ޢީސާގެފާނުން މަރުވެދިޔައީ އަހަރުމެންނަށްޓަކާ ކަން ޤަބޫލުކޮށް އަދި އެކަލޭގެފާނުންގެ ލޭފޮދު އަހަރުމެންގެ ފާފައިގެ އަގު ދެއްކުމަށްޓަކާ އޮހޮރިކަން އަބަދުވެސް އަހަރުމެން ޤަބޫލުކުރަންވާނެއެވެ އޭރުން ޢީސާގެފާނުންގެ އަރިހަށް އައިސް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާލިއެވެ ނަމަވެސް ޢީސާގެފާނުން އެޖިންނިއަށް ރައްކާވެދިއުމަށް އަމުރު ކުރެއްވިއެވެ އަދި އެކުއްޖާ ރަނގަޅުކުރައްވާ އޭނާގެ ބައްޕައާއި ހަވާލުކުރެއްވިއެވެ އެތާތިބި އެންމެން މާތްރަސްކަލާނގެ މަތިވެރިކަން ދެކެ އަޖައިބުވެ ހައިރާންވިއެވެ އިންޖީލުގެ ލޫކަސް ފޮތުގެ ނުވަވަނަ ބާބުން